މިނިސްޓްރީ އޮފް ޓޫރިޒަމް

މޫދު ކުޅިވަރުތައް ކުޅޭއިރު ސަމާލުވުމަށް އެދިއްޖެ

ފަތުރުވެރިން ގޮވައިގެން މޫދު ކުޅިވަރުތައް ކުޅޭއިރުގައި ސަމާލުވުމަށް ރާއްޖޭގައި ހިންގާ ޓޫރިސްޓު ފެސިލިޓީތަކަށް ޓޫރިޒަމް މިނިސްޓްރީން އަންގައިފި އެެވެ.

ރާއްޖޭގެ ހުރިހާ ޓޫރިސްޓު ފެސިލިޓީތަކަށް ޓޫރިޒަމް މިނިސްޓްރީން އިއްޔެ ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ފަހަކަށް އައިސް ފަތުރުވެރިން މޫދު ކުޅިވަރުތައް ކުޅޭއިރު ހިނގާ ހިތާމަވެރި ހާދިސާތައް ގިނަވަމުންދާ ކަމަށެވެ.

އެހެންކަމުން ޓޫރިސްޓުންނަށް ހިދުމަތްދޭ ހުރިހާ ތަނަކުން ވެސް ފަތުރުވެރިން މޫދު ކުޅިވަރު ކުޅޭއިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ސަމާލުކަން ދިނުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ ބައެއް ފަތުރުވެރިން މޫދު ކުޅިވަރުތަކުގައި ބައިވެރިވެގެން އުޅޭއިރު ހިތާމަވެރި ހާދިސާތައް ހިނގާފައިވެ އެވެ.

ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ފަތުރުވެރިން މަރުވުމުގެ ހާދިސާތަކަކީ ރާއްޖޭގައި އާންމުކޮށް ހިނގަމުންދާ ކަމެކެވެ.