ޓޫރިޒަމް

ޗައިނާއިން 71،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ އެއްވަނައިގައި އޮތް ޗައިނާއިން މިއަހަރުގެ މިހާތަނަށް 71،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 650،404 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މީގެ ތެރެއިން 10.9 ޕަސަންޓް -- 71،136 ފަތުރުވެރިންނަކީ ޗައިނާ ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މި އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 13.6 ޕަސަންޓް އިތުރުވެފަ އެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ޗައިނާ: 71،136 ފަތުރުވެރިން
  • ރަޝިއާ: 65،898 ފަތުރުވެރިން
  • އިނގިރޭސިވިލާތް: 65،731 ފަތުރުވެރިން
  • އިޓަލީ: 60،709 ފަތުރުވެރިން
  • ޖަރުމަނު: 51،075 ފަތުރުވެރިން
  • އިންޑިއާ: 36،840 ފަތުރުވެރިން
  • ފްރާންސް: 24،716 ފަތުރުވެރިން
  • އެމެރިކާ: 22،508 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް: 15،928 ފަތުރުވެރިން
  • ޕޮލެންޑް: 14،398 ފަތުރުވެރިން

ރާއްޖެއަށް އެވަރެޖްކޮށް މިހާރު ދުވާލަކު 6،570 ފަތުރުވެރިން ޒިޔާރަތްކުރެ އެވެ.

ފަތުރުވެރިކަމަށް މި ވަގުތު ރާއްޖޭގައި 1،180 ފެސިލިޓީއެއް ހިންގަމުންދާއިރު މީގެ ތެރޭގައި 175 ރިސޯޓާއި، 843 ގެސްޓްހައުސް އާއި 147 ސަފާރީ އުޅަނދު އަދި 15 ހޮޓާ ހިމެނެ އެވެ.