ޓޫރިޒަމް

ޗޮންގްޗިންގް އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް

ޗައިނާގެ ޗޮންގްޗިންގް އެއާލައިންގެ މަތިންދާބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި -- ފޮޓޯ: ވީއައިއޭ
0%
0%
0%

ޗައިނާގެ ޗޮންގްޗިންގް އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ފަށައިފި އެވެ.

އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އިއްޔެ ވަނީ ފާހަގަކޮށްފަ އެވެ.

އެ އެއާލައިނުން ދަތުރުތައް ކުރާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ޗައިނާގެ ޗޮންގްކިންގް ޖިއަންގްބޭ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު އެވެ. ޗޮންގްޗިންގް ސިޓީއަކީ 31 މިލިއަން މީހުން ދިރިއުޅޭ ސިޓީއެކެވެ.

ޗައިނާގެ ޗޮންގްޗިންގް އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުން ފާހަގަކުރަނީ -- ފޮޓޯ: ވީއައިއޭ

ޗައިނާގެ އިތުރު އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށާފައިވާއިރު އެ ގައުމަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ އެއްވަނައިގައި މިވަގުތު އޮތް ޗައިނާއިން މި އަހަރުގެ މިހާތަނަށް 113،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ރާއްޖެއަށް މިހާރު ދަތުރުކުރާ ޗައިނާގެ އެއާލައިންތަކުގެ ތެރޭގައި ބެއިޖިން ކެޕިޓަލް އެއާލައިންސް، ޗައިނާ އީސްޓަން، ސިޗުއާން އެއާލައިންސް އަދި ޒިއާމެން އެއާލައިންސް ހިމެނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345