ޓޫރިޒަމް

ޗައިނާ ފަތުރުވެރިންގެ އަދަދު ދެ ލައްކައަށް

ޗައިނާ އިން މި އަހަރުގެ މިހާތަނަށް ދެ ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް ޗައިނާއިން 202،000 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ އެއްވަނައިގައި އޮތް ޗައިނާއިން މި އަހަރުގެ މިހާތަނަށް 1.38 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އޭގެ ތެރެއިން 14.6 ޕަސެންޓް ފަތުރުވެރިންނަކީ ޗައިނާ ފަތުރުވެރިންނެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ޗައިނާ - 202،000 ފަތުރުވެރިން
  • ރަޝިއާ - 149،900 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 119،100 ފަތުރުވެރިން
  • އިޓަލީ - 102،400 ފަތުރުވެރިން
  • ޖަރުމަނު - 97،800 ފަތުރުވެރިން
  • އިންޑިއާ - 83،000 ފަތުރުވެރިން
  • އެމެރިކާ - 47،100 ފަތުރުވެރިން
  • ފްރާންސް - 39،600 ފަތުރުވެރިން
  • ސްޕެއިން - 30،700 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 26،000 ފަތުރުވެރިން

ރާއްޖެއަށް އެވަރެޖްކޮށް ދުވާލަކު 5،500 ފަތުރުވެރިން މިހާރު ޒިޔާރަތްކުރެ އެވެ.

ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް ޖުމްލަ 1،222 ތަނެއް ދަނީ ހިންގަމުންނެވެ. މީގެ ތެރޭގައި 174 ރިސޯޓާއި 881 ގެސްޓްހައުސް އާއި 153 ސަފާރީ އަދި 14 ހޮޓާ ހިމެނެ އެވެ.