ވިޔަފާރި

ރާއްޖޭގައި އަނެއްކާވެސް ކަނޑު އަޑީ ރެސްޓޯރެންޓެއް!

Dec 19, 2015
1
  • ރެސްޓޯރެންޓުގައި 24 މީހުންގެ ޖާގަ
  • ރެސްޓޯރެންޓު ހަދަނީ ވަރުގަދަ ބިއްލޫރިން
  • ރެސްޓޯރެންޓް ހަދާ ރަށް ސިއްރުކޮށްފައި

ރާއްޖޭގެ ކޮންޑްރެޑް މޯލްޑިވްސްގައި ހަދާފައިވާ "އިތާ" އަކީ ދުނިޔޭގައި މި ވަގުތު ހުރި އެންމެ މަޝްހޫރު މޫދު އަޑީގެ ރެސްޓޯރެންޓެވެ. އަދި އަނަންތަރާގައި ހަދާފައިވާ މޫދު އަޑީގެ ސްޕާގެ ވިދުން ވެސް އެހާ ގަދަ އެވެ. އަނެއްކާ ވެސް އެފަދަ ތަނެކެވެ. މި ފަހަރު ރާއްޖޭގެ ރިސޯޓެއްގެ މޫދު އަޑީގައި ރެސްޓޯރެންޓެއް ހެދުމުގެ މަސައްކަތް ފަށަނީ ނިއުޒީލޭންޑުގެ ކުންފުންޏަކުންނެވެ.

ނިއުޒީލޭންޑުގެ "ތަރަނާކީ ކޮމްޕެނީ އިންޖިނިއަރިން" އިން ރެސްޓޯރެންޓް ހަދާ ރިސޯޓެއް އަދި ހާމައެއް ނުކުރެ އެވެ. މި ރެސްޓޯރެންޓުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަައި ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. ނަމަވެސް މީގެ ބައެއް މަސައްކަތްތައް އެ ކުންފުނިން މިހާރުވެސް ދަނީ ކުރަމުންނެވެ.

ނިއުޒިލޭންޑުގެ ސްޓަފް ނޫހުގައިވާ ގޮތުގައި މުރަކައިގެ މޫދު އަޑީގެ ރީތި ބަގީޗާތަކުގެ މަންޒަރުތައް ފެންނަ ގޮތަށް ހަދާ މި ރެސްޓޯރެންޓުގައި 24 މީހުންނަށް ކެއުމަށް އިންސާފު ކުރެވޭނެ ޖާގަ އޮންނާނެ އެވެ.

މި ރެސްޓޯރެންޓުގެ މޫދު އަޑިއަށް ފައްތާ ބިއްލޫރި "ކޮށި" ހަދަނީ ބޯމިނުގައި 120 މިލިމީޓަރު ހުންނަ ވަރުގަދަ ބިއްލޫރިންނެވެ. އަދި ރެސްޓޯރެންޓު މޫދު އަޑީގައި ހަރުކުރުމަށް 114 އެމްއެމްގެ ވަރުގަދަ ސްޓީލް ދަނގަޑު ހޮޅިއާއި ކޮންކްރީޓް ބޭނުންކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.