ހޯޑެއްދޫ

ހޯޑެއްދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށައިފި

Jan 29, 2022

ގދ. ހޯޑެއްދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޔޫއެސް ޑޮލަރުގެ އެލްއޯސީ ފެސިލިޓީގެ ދަށުން ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ނިންމާފައިވާ ރަށްތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށްދާ މަޝްރޫއެކެވެ.

ހޯޑެއްދޫގައި ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ކުރަނީ އިންޑިއާގެ ޓްރިވެނީ ކުންފުނިންނެވެ.

އެ ކުންފުންޏަށް މަސައްކަތް ހަވާލުކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 17 ވަނަ ދުވަހު އެވެ. މަސައްކަތް ނިންމަން ދިނީ 26 މަސް ދުވަހެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.