ވިޔަފާރި

އެސްޓީއޯއިން ރެޑީ މިކްސް ސިމެންތި ތައާރަފު ކުރަނީ

  • ރެޑީ މިކްސް ތައާރަފު ކުރަނީ އަންނަ މަހު
  • އެކަމަށް ބޭނުންވާ ސާމާނު އެސްޓީއޯ އިން ވަނީ ހޯދާފައި
  • ރެޑީ މިކްސްގެ ސަބަބުން އިމާރާތް ކުރުން ހަލުވިވާނެ

އެސްޓީއޯ އިން ރާއްޖެއަށް ރެޑީމިކްސް ސިމެންތި (ތައްޔާރީ ސިމެންތި) ތައާރަފު ކުރަން ތައއެވެ.

"އަވަސް" އަށް ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ މިމަހުގެ ތެރޭގައި ރާއްޖެއަށް ރެޑީމިކްސް ތައާރަފު ކުރަން ތައްޔާރުވަމުންދާ ކަމަށެވެ.

"އިރާދުކުރެއްވިއްޔާ މިހާރު އެކަމަށް [ރެޑީމިކްސް] ތައާރަފު ކުރަން ބޭނުންވާ ހުރިހާ ކަމެއް ވަނީ ނިމިފައި. އެކަމަށް ބޭނުންވާ މީހުން ވެސް ވަނީ ތަމްރީން ކުރެވިއްޖެ،" ޝަހީރު ވިދާޅުވި އެވެ.

ޝަހީރު ވިދާޅުވީ ރެޑީމިކްސް ތައާރަފު ކުރުމުން މަގު ބަންދުކޮށްގެން އިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. ރެޑީމިކްސް ތައާރަފު ކުރުމަށް ބޭނުންވާ މީހުން ވެސް ތަމްރީންކޮށް އިކްއިޕްމަންޓް ވެސް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރެޑީމިކްސް ތައާރަފު ކުރުމުން ކޮންސްޓްރަކްޝަން ސައިޓަށް ގޮސް ސިމެންތި ޕަންޕު ކޮށްދޭނަން. މީގެ ސަބަބުން ސްޕީޑްވެސް ހަލުވި ވެގެން ދާނެ. މީގެ އިތުރު ކޮންސްޓްގެ ރަނގަޅު ބަދަލެއް އަންނާނެ،" ޝަހީރު ވިދާޅުވި އެވެ.

ރެޑީ މިކްސް ސިމެންތިއަކީ ވަކި ހާއްސަ ކޮލިޓީއެއްގައި ގަށައި ތައްޔާރުކޮށްފައި ހުންނަ ކޮންކްރީޓެވެ. މި ސިމެންތި އުފުލަކީ ހާއްސަ އުޅަނދެއްގަ އެވެ. މިއީ އިމާރާތް ކުރުމުގެ ސްޕީޑް ހަލުވި ކުރުމަށް ގިނަ ގައުމުތަކުން ބޭނުންކުރާ އުފެއްދުމެކެވެ.