އޮސްޓްރޭލިއާ

ރާއްޖޭގައި އޮސްޓްރޭލިއާގެ ހައިކޮމިޝަނެއް ގާއިމުކުރުމަށް ނިންމައިފި

Feb 11, 2022

ދިވެހިރާއްޖޭގައި އޮސްޓްރޭލިއާގެ ހައިކޮމިޝަނެއް ގާއިމުކުރުމަށް ނިންމައިފި އެވެ.

އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން މިކަން އިއުލާންކުރެއްވީ އެ ގައުމުގެ ހާރިޖީ ވަޒީރެވެ.

އޮސްޓްރޭލިއާ ސަރުކާރުގެ ނިންމުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ މަރުޙަބާ ވިދާޅުވެފަ އެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ އޮސްޓްރޭލިއާ ސަރުކާރުގެ ނިންމުމާ ގުޅިގެން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.

އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅާފައި މިހާރު ހުންނަނީ ސްރީލަންކާގެ ކޮޅުނބުގައި ހުންނަ އޮސްޓްރޭލިއާގެ ހައިކޮމިޝަނެވެ.

އޮސްޓްރޭލިއާ އަކީ ބައެއް ދިވެހިން ތައުލީމު ހާސިލްކުރަމުންދާ އަދި ވަޒީފާ ވެސް އަދާކުރަމުން ގެންދާ ގައުމެކެވެ.