ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އޮސްޓްރޭލިއާއިން ރާއްޖެއަށް 3.5 ޓަނުގެ ޕީޕީއީ ދީފި

Jul 28, 2021
1

އޮސްޓްރޭލިއާއިން ރާއްޖެއަށް 3.5 ޓަނުގެ ޕީޕީއީ ހަދިޔާ ކޮށްފި އެވެ.

އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން އެ ތަކެތި ދިވެހި ސަރުކާރާއި ހަވާލު ކޮށްފައި ވަނީ އިއްޔެ ސްރިލަންކާގައި ހުންނަ އޮސްޓްރޭލިއާ ހައިކޮމިޝަނުގަ އެވެ.

ލަންކާގައި ހުންނަ އޮސްޓްރޭލިއާ ހައިކޮމިޝަނުން ބުނީ މިތަކެތި ރާއްޖެއަށް ހަދިޔާ ކޮށްފައި ވަނީ ކޮވިޑް-19 އާއި ދެކޮޅަށް ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ ގޮތުން ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ސިފައިން ކޮވިޑާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކާއި، ފްރޮންޓްލައިން ސްޓާފުންނަށް ރައްކާތެރިކަން ފޯރު ކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތްތަކުގައި އޮސްޓްރޭލިއާ ސަރުކާރުން އަބަދު ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް ވަނީ އަރުވާފަ އެވެ.

އިއްޔެ ހަދިޔާކުރި ތަކެތީގެ ތެރޭގައި 8،500 ޕީޕީއީ، 137,500 އަންގި، 30,000 ފޭސް މާސްކް ހިމެނެ އެވެ. މިތެކެތީގެ އަގު 1.4 މިލިއަން ރުފިޔާއަށް އަރަ އެވެ.

ކޮވިޑާއި ގުޅިގެން އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް މިހާތަނަށް ވަނީ ގާތްގަނޑަކަށް ނުވަ މިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދީފަ އެވެ.