ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިންޑިއާއަށް ޝާހިދުގެ ޝުކުރު ހިންދީ ބަހުން

Jan 20, 2021
2

ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ވަގުތުތަކުގައި ޒަމާނުއްސުރެ އެހީތެރިކަމުގެ އަތް އެންމެ ފުރަތަމަ ދިއްކުރާ ގައުމަކީ އަވަށްޓެރި އިންޑިއާކަން ފާހަގަކުރައްވައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވައިފި އެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި ކޮވިޑް-19 އިގެ ވެކްސިން ގެނެސް، ވެލާނާ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ބައްޔަށް މިހާރު އުފައްދާފައިވާ ވެކްސިންތަކުގެ ތެރެއިން، އޮކްސްފޯޑް - އެސްޓްރާޒެނެކާ ވެކްސިނާ ގުޅިގެން ތައްޔާރުކުރި ދިރާސާގެ އަލީގައި އިންޑިއާގެ ސިޔަރަމް އިންސްޓިޓިއުޓުން އުފެއްދި ވެކްސިން ހަދިޔާ ކުރި ފުރަތަމަ ގައުމަކަށް ރާއްޖެ ވުމަކީ އިންޑިއާ އިން ރާއްޖެ އާދެމެދު ބަހައްޓާ ގާތްގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އިންޑިއާގެ އަވައްޓެރި ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަކީ އިންޑިއާ އިން އެ ގައުމުތަކާއެކު ބާއްވާ ގާތްކަން ރަމްޒުކޮށްދޭ ކަމެއް. ރާއްޖެއަށް ފުރަތަމަ ލިބުމަކީ ދެ ގައުމުގެ ގުޅުން ރަމްޒުކޮށްދޭ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އިންޑިއާގެ ވެކްސިނާ ގުޅޭގޮތުން ފެންމިތިވެގެންއުޅޭ ކަންބޮޑުވުންތަކަށް އިޝާރާތްކުރައްވައި، ޝާހިދު ވިދާޅުވީ އިންޑިއާ އިން މިއަދު ގެނައި ވެކްސިނަކީ ތިން ފިޔަވައްސަކުން ޓްރަޔަލް ނިންމާފައިވާ އަދި ރައްކާތެރި ވެކްސިނެއް ކަމަށެވެ.

އޭގެ ފަހުން ޝާހިދު ވަނީ ހިންދީ ބަހުން، ރާއްޖެއަށް އިންޑިއާއިން ދެމުންދާ ގިނަ ގުނަ އެހީތެރިކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން އެގައުމުގެ ރައްޔިތުންނަށް ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވައިފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ، ކޮރޯނާ ވައިރަސް ދުނިޔޭގެ ކޮންމެ ދިމާލަކުން އައި ނަމަވެސް، ރާއްޖެއަށް ވެކްސިން ލިބުނު ފުރަތަމަ ގައުމަކީ އިންޑިއާއަށް ވުމަކީ ލިބިގެންދާ ފަހުރެއް ކަމަށެވެ.