ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިންޑިއާ އިން ހަދިޔާކުރި ކޮވިޑް ވެކްސިން ރާއްޖެ ގެނެސްފި

އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި ވެކްސިންގެ އެއް ލައްކަ ޑޯޒް ހިފައިގެން މިއަދު އައި އިންޑިއާގެ ގައުމީ އެއާލައިން އެއާ އިންޑިއާގެ ފްލައިޓު ވެލާނާ އެއާޕޯޓުގައި. -- އަވަސް ފޮޓޯ: އަހުމަދު އަޝްހާދު (ޖެރީ)
0%
0%
0%

ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް މިއަދު ރާއްޖެއަށް ގެނެސްފި އެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި އިނގިރޭސިވިލާތުގެ އޮކްސްފަޑް ޔުނިވާސިޓީގެ އެކްސްޓްރާޒެނެކާ ވެކްސިންގެ އެއް ލައްކަ ޑޯޒް ހިފައިގެން އައި އިންޑިއާގެ ގައުމީ އެއާލައިން އެއާ އިންޑިއާގެ ފްލައިޓު ރާއްޖެ އައިސްފައިވަނީ މިއަދު މެންދުރެވެ.

ރާއްޖެއަށް ހަދިޔާ ކުރާ ވެކްސިން އިންޑިއާއިން ތައްޔާރު ކޮށްފައި ވަނީ ކޮވިޑް-19 ބައްޔަށް މިހާރު އުފައްދާފައިވާ ވެކްސިންތަކުގެ ތެރެއިން، އޮކްސްފޯޑް - އެސްޓްރާޒެނެކާ ވެކްސިނާ ގުޅިގެން ތައްޔާރުކުރި ދިރާސާގެ އަލީގަ އެވެ.

އަހަރަކު 1.5 ބިލިއަން ވެކްސިން ޑޯޒް އުފެއްދުމުގެ ގާބިލުކަން ހުރި އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްއަކީ ދުނިޔޭގެ އެންމެ ގިނައިން ވެކްސިން އުފައްދާ ފަރާތެވެ. މިގޮތުން، ދުނިޔޭގެ 170 ގައުމެއްގައި ދިރިއުޅޭ ކުދިންގެ ތެރެއިން 65 ޕަސަންޓަށް ދޭ ވެކްސިން އުފައްދާފައި ވަނީ ސީރަމް އިންސްޓިޓިއުޓުންނެވެ

އިންޑިއާ އިން ހަދިޔާކުރި ކޮވިޑް-19 އިގެ ވެކްސިންގެ ޝިޕްމަންޓުން 50،000 އެއްހާ މީހުންނަށް ވެކްސިން ދެވޭނެކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވަނީ ވިދާޅުވެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910