ޖިންސީ ގޯނާ

އަނބިމީހާއަށް ޖިންސީ ގޯނާކުރި މީހާގެ ބަންދު އިތުރުކޮށްފި

އަނބިމީހާ އަށް ޖިންސީ ގޯނާ ކޮށްގެން ގދ. ތިނަދޫން ހައްޔަރުކުރި އިބްރާހިމް ޝާހުގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެމީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެވަނީ ހަތްދުވަސް ޖަހާފަ އެވެ.

އެމީހާގެ އަންހެނުންނަށް މިހާރު އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ.

ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުނެފައިވާ ގޮތުގައި އެމީހާ އަށް ކުރެވޭ ތުހުމަތުގެ ތެރެއިން އަނިޔާކުރުމުގައި ތޫނު އެއްޗެއް ބޭނުންކޮށްފައިވެ އެވެ. އަދި އޭގެ ސަބަބުން އިންފެކްޝަން އުފެދި އަންހެން މީހާގެ މެ އާއި ސިކުނޑިއަށް އަސަރުކޮށްފައިވާ ކަމަށްވެ އެވެ.

އައިޖީއެމްއެޗުން ބުނީ އަންހެން މީހާގެ ހާލު ރަނގަޅުވަމުން އައިސް މިއަދު އަނެއްކާ ހާލު ސީރިއަސް ކަމަށެވެ.

އާއިލާގެ މެންބަރަކު ކިޔައިން ގޮތުގައި ހާލަތު ސީރިއަސްވީ ފިރިމީހާގެ ފަރާތުން ލިބުނު އަނިޔާތައް ސިއްރުކޮށް، ދުވަސްތަކެއް ވުމުން ކަމަށެވެ. ޑޮކްޓަރުންވެސް ވަނީ އުންމީދު ކަނޑާލާފަ ކަމަށް އާއިލާ އިން މައުލޫމާތު ދެ އެވެ.