މޯލްޑިވްސް ޕޮލިސް ސާވިސް

އޮފީހެއްގެ މުދަލަށް ގެއްލުންދީ ވައްކަން ކުރި މީހަކު ހޯދަނީ

އޮފީހެއްގެ މުދަލަށް ގެއްލުންދީ އެތަނުން ވައްކަން ކުރި މީހަކު ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި ވަނަވަރު އާންމުކޮށް ހޯދަން އިއުލާންކޮށްފައިވަނީ ގދ. ތިނަދޫ، ސަކީނާމަންޒިލް، އިބްރާހީމް ނާޝިދު (34 އ) އެވެ.

އިބްރާހީމް ހޯދަނީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، އޮފީހެއްގެ މުދަލަށް ގެއްލުންދީ އެތަނުން ވައްކަން ކޮށްފައިވާ މައްސަލައެއްގެ ތަހުގީގަށެވެ.

ފުލުހުން ބުނީ ތަހުގީގަށް އޭނާ ހާޒިރުކުރުމަށް ބޭނުންވި ނަމަވެސް އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ. އެހެންވެ ފުލުހުން ވަނީ މިމަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 8:30 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ނުވަތަ އިބްރާހީމް ހުރި ހިސާބަކާ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވުމަށް އޭނާއަށް އާންމުކޮށް އަންގާފަ އެވެ.