މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް

ނޮވެމްބަރު މަހު ޖެންޑާއަށް 302 މައްސަލަ

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓަސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 302 މައްސަލަ ހުށަހަޅައިފި އެވެ.

އެ މިނިސްޓްރީން ހާމަކުރި ގޮތުގައި ނޮވެމްބަރު މަހު ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 131 މައްސަލަ ހިމެނެ އެވެ.

މި ބާވަތުގެ މައްސަލަތަކުގެ ތެރޭގައި އިހުމާލުގެ 23 މައްސަލަ އާއި ޖިސްމާނީ އަނިޔާގެ 20 މައްސަލަ އާއި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 16 މައްސަލަ ހިމެނޭ ކަމަށް ޖެންޑާ މިނިސްޓްރީން ހާމަކޮށްފައިވެ އެވެ.

ޖެންޑާ މިނިސްޓްރީން ހާމަކުރި ގޮތުގައި ކުޑަކުދިންނަށް ނަފްސާނީ އަނިޔާ ދިނުމުގެ 15 މައްސަލަ ނޮވެމްބަރު މަހު ހުށަހެޅިފައިވެ އެވެ.

މީގެ އިތުރުން އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ މައްސަލަތަކާއި ބްލެކްމެއިލް ކުރުމުގެ މައްސަލަތައްވެސް ނޮވެމްބަރު މަހު ހުށަހެޅުނެވެ.

ނޮވެމްބަރު މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހެޅުނު ބައެއް މައްސަލަތައް

  • ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ - 47 މައްސަލަ
  • އާއިލީ މައްސަލަތަކާއި ގުޅުން ހުރި - 30 މައްސަލަ
  • ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން - 71 މައްސަލަ
  • ކުޑަކުދިންގެ އަހުލާގާއި ގުޅުން ހުރި - 22 މައްސަލަ

ޖެންޑާ މިނިސްޓްރީން ހާމަކުރި ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި 164 ކުދިން ތިއްބެވެ.