މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ނޮވެމްބަރު: އަނިޔާގެ 84 މައްސަލަ

Dec 21, 2021

މިދިޔަ ނޮވެމްބަރުގައި އެންމެ ގިނައިން ހުށަހަޅައި ބަލަން ފަށައިފައި ވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މައްސަލަތަކުގެ ހިސާބާއި ކަންކަމާ ގުޅިގެން ބަޔާންތައް ނެރުން ގިނަ ޖެންޑާ މިނިސްޓްރީ އިން ކޮންމެ މަހަކު ވެސް ހިސާބުތަކެއް އާންމު ކުރެ އެވެ. ނޮވެމްބަރު މަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި, އެ މަހު ކުޑަކުދިންނަށް އެކި ބާވަތުގެ އަނިޔާ ކޮށްގެން 84 މައްސަލައެއް ހުށަހެޅި އެވެ. އޭގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކެވެ. ޖިންސީ ގޯނާގެ 29 މައްސަލައެއް ހިމެނެ އެވެ.

ކުޑަކުދިންނަށް އިހުމާލުވި 21 މައްސަލައެއް ހުށަހަޅާފައިވާއިރު ގެވެށި އަނިޔާ ކުރާތަން ކުދިންނަށް ދެއްކި ހަތަރު މައްސަލައަކާއި ޖިސްމާނީ ހާނީއްކައިގެ 17 މައްސަލައަކާއި ނަފްސާނީ ހާނިއްކައިގެ ހަ މައްސަލައެއް ހިމެނެ އެވެ.