މޯލްޑިވްސް ޕޮލިސް ސާވިސް

17 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު ހައްޔަރުކޮށްފި

ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސައިން އާދަމް ބިލްޑިން: 17 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައި --- ފޮޓޯ: އަވަސް
0%
0%
0%

އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ ނޯތް ސެންޓްރަލް ޕޮލިސް ރީޖަން (ކ، އއ، އދ، ވ) އަތޮޅުގައި ހިމެނޭ ރަށެއްގައި 17 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިދިޔަ މަހުގެ އަށްވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން 39 އަހަރުގެ ބިދޭސީ ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ޝަރީއަތް ނިމެންދެން ބިދޭސީ މީހާ ބަންދުގައި ބެހެއްޓުމަށް މިއަދު ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ޖެންޑާ މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ކުޑަކުދިންނަށް ކުރާ އަނިޔާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި, މިދިޔަ ޑިސެމްބަރު މަހު ކުޑަކުދިންނަށް އެކި ބާވަތުގެ އަނިޔާ ކޮށްގެން 104 މައްސަލައެއް މިނިސްޓްރީއަށް ހުށަހެޅުމުން ވަނީ ބަލަން ފަށައިފަ އެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނައީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކެވެ. ޖިންސީ ގޯނާގެ 27 މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ.

ކުޑަކުދިންނަށް އިހުމާލުވި 23 މައްސަލައެއް އެ މަހު ހުށަހަޅާފައިވާއިރު ގެވެށި އަނިޔާ ކުރާތަން ކުދިންނަށް ދެއްކި 20 މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ. އަދި ޖިސްމާނީ ހާނިއްކައިގެ 16 މައްސަލަ އަދި ކުދިންނަށް ނަފްސާނީ ހާނިއްކަ ކުރި ކަމަށް ބުނެ އަށް މައްސަލައެއް ވަނީ ހުށަހަޅައި ބަލަން ފަށައިފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345