ސަތޭކަ އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ށ. މިލަަންދުއަަށް މިއަދު ތައާރަފްކޮށްފި އެވެ.
މިލަންދޫ އަށް ހިދުމަތް ތައާރަފްކުރުމަށްފަހު އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސާ ހުސައިން ނިޔާޒު ވިދާޅުވީ ދުނިޔަވީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށާއި، ތައުލީމާއި، ބޭސްފަރުވާގެ ހިދުމަތްތަކަށާއި، ވިޔަފާރިތަކަށް އިންޓަނެޓްގެ ބޭނުންތެރިކަން މިއަދު ވަރަށް ބޮޑު ކަމަށެވެ. އެހެންކަމުން އިންޓަަނެޓްގެ ހިދުމަތް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ފުޅާކުރުމަކީ މުހިއްމު ކަމެއް ކަމުގައި އުރީދޫ އިން ދެކޭތީ ސުޕަނެޓްގެ ހިދުމަތް މިލަންދޫއަށް ތައާރަފްކޮށް، މިލަންދޫގެ ރައްޔިތުން ޑިޖިޓަލް ޒަރިއްޔާތަައް މެދުވެރިކޮށް އިތުރު ފުރުސަތުތަކާއި ގުޅުވާލަދީފައިވާ ކަމަށް ވިދާޅުވި އެވެ.
އުރީދޫ މޯލްޑިވްސް އިން ދަނީ އެ ކުންފުނީގެ ހިދުމަތްތައް އަޕްގްރޭޑް ކުރަމުން ކަމަށާއި އެގޮތުން އެ ކުންފުނީގެ ހޯމް ބްރޯޑްބޭންޑް ޕެކޭޖްތަކަށް ކަސްޓަމަރުން ބޭނުންވާ ގޮތަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ ކަމަށްވެސް ނިޔާޒު ފާހަގަކުރައްވާފައިވެ އެވެ.
"ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކާއި، ޑޭޓާ ރޯލްއޯވާ ހިދުމަތް އެކުލެވޭ މި ޕެކޭޖުތަަަކަަކީ މާކެޓްގަައި އެންމެ ރަަނގަޅު ޕެކޭޖްތަައް. ކުރިއަށް އޮތްް ތަނުގައިވެސް ދިވެހިންގެ އިޖުތިމާއީ އަދި އިގްތިސޯދީ ތަރައްގީއަަށް މަންފާވާނެ ފަދަ ހިދުމަަތްތަަައް ފޯރުކޮށްދިނުމުގަަައި އަަޅުގަނޑުމެން ދެމިތިބޭނެ ކަަަމުގެ ޔަަަގީންކަން އަަރުވަަމެވެ." ނިޔާޒު ވިދާޅުވި އެވެ.
ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފަ އެވެ.
މި ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސްގުނަ އިތުރު ސްޕީޑާއެކު 100 ޕަސަންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ލިބެ އެވެ. މީގެ އިތުރުން ސުޕަނެޓް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ޑޭޓާ ރޯލް އޯވަގެ ހިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާއާއި އެއްވެގެންދާނެ އެވެ.
މިލަންދޫގެ ރައްޔިތުންނަށް، އެންމެ ހެޔޮ އަގުގައި އިންޓަނެޓްގެ ހިދުމަތް، ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެ ކަމަށް އުރީދޫ އިން ބުނެ އެވެ. މި ހިދުމަތް ހޯދުމަށް ނުވަތަ ސުޕަނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު އުރީދޫގެ ވެބްސައިޓަށް ޒިޔާރަތްކުރުމުން ލިބިގެންދާނެ އެވެ.