ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަ ބަލާ ކޮމިޝަން އުވާލައްވައިފި

Feb 22, 2022
1

ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަ ބަލާ ކޮމިޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދުން ފެށިގެން އުވާލައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މި ކޮމިޝަން އުވާލައްވައި ނެރުއްވި ގަރާރުގައި ކޮމިޝަން އުވާލެއްވީ އެ ކޮމިޝަނުގެ މަސައްކަތް ނިންމާފައިވާތީ ކަމުގައި ބަޔާންކުރައްވާފައިވެ އެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަ ބަލާ ކޮމިޝަން އުފެއްދެވީ ފެބުރުއަރީ 20، 2020ގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުންނެވެ.

ކޮމިޝަން އޭރު އުފެއްްދެވީ ގާނޫނުއަސާސީއާއި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމާ ގުޅޭ ގާނޫނުތަކާއި ކުޑަކުދިންގެ ހައްގުތަކާ ބެހޭ ބައިނަލްއަގްވާމީ މުއާހަދަތަކަށް ރިއާޔަތް ކުރުމަށްފަހު އެވެ.

ކޮމިޝަން މައިގަނޑު މަސައްކަތަކަށްވީ ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ، ކަށަވަރުކޮށްދިނުމުގެ ގޮތުން ނިޒާމީ އަދި ހަރުދަނާ އަވަސް މަސައްކަތްތަކެއް ކުރަން ފެށުމަށް ގަސްދުކޮށް ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބެލުމާއި ދައުލަތުގެ އިދާރާތަކުން އެ ބާވަތުގެ މައްސަލަތަކުގައި ޒިންމާ އަދާކޮށްފައިވާ ގޮތާއި މިންވަރު ދެނެގަތުމެވެ.