ފޮރިން މިނިސްޓްރީ

ޔުކުރޭންގައި ތިބި ދަރިވަރުން ހަންގޭރީއަށް

ޔޫކްރެއިންގެ ހުޅަނގުގައި އޮންނަ އިވަނޯ ގައި ތިބި 15 ދިވެހިން ހަންގޭރީ އަށް އެއްގަމު މަގުން ގެންގޮސް، ދިވެހިރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަަށް ފޮރިން މިނިސްޓްރީން ދެންމެ ބުނެފި އެވެ.

ޔޫކްރެއިންގަައި ހަނގުރާމަ ފެށި ނުރައްކާވެފައިވާތީ ގަައުމުގައި ތިބި ދިވެހި ދަރިވަރުން ރާއްޖެ ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. ރެެއާ ހަމައަށް އެ ގައުމުން ބޭރުނުވެ ތިބީ 20 ދަރިވަރުންނެވެ
.
އެ ދަރިވަރުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލް ދެމުން ފޮރިން މިނިސްޓްރީން ބުނީ ޔޫކްރެއިންގެ ހުޅަނގުގައި އޮންނަ އިވަނޯ ގައި ތިބި 15 ދިވެހިން ހަންގޭރީ އަށް އެއްގަމު މަގުން ގެންގޮސް، ދިވެހިރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ދަރިވަރުން މިހާރު ދަތުރުކުރަމުން ދަނީ ޔޫކްރެއިން-ހަންގޭރީ ސަރަހައްދީ ރޮނގު ކައިރިއަށް ކަމަށެވެ.

ރެއިން ފެށިގެން ފޮރިން މިނިސްޓްރީ އާއި ބާލިންގައި ހުންނަ ދިވެހި އެމްބަސީއިން ދަނީ ހަންގޭރީ ސަރުކާރާއެކު ދިވެހިން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމަށް މަސައްކަތް ކުރަމުން ކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން ހަނގުރާމައިގެ ނުރައްކާ އެންމެ ބޮޑު ހަރްކީވްގައި ތިބި ދިވެހިންނާއި ނިޕްރޯގައި ހުރި ދަރިވަރުވެސް މިމަގުން ގެނެވޭތޯ ދަނީ މަސައްކަތް ކުރަމުން ކަމަށްވެސް ބުންޏެވެ.

ފޮރިން މިނިސްޓްރީން މިއަދުވެސް ބުނީ ހުރިހާ ދިވެހިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.