ލައިފްސްޓައިލް

ކާޓޫނު ބަލަން އިނދެފައި އަތުކުރި ގަޑިއެއް ދިރުވާލެވިއްޖެ

ޔުކްރޭނުގެ ތިން އަހަރުގެ ކުޑަ ކުއްޖެއްގެ ބަނޑުން އަތުކުރި ގަޑިއެއް ނަގައިފި އެވެ.

މި ގަޑި ނަގަން ޑޮކްޓަރުންނަށް ނެގީ ތިން މިނެޓެއްހާއިރެވެ. ގަޑި ނެގިއިރު ވެސް ބަރާބަރަށް ހިނގާ ކަމަށް މިކަމާ ގުޅޭ ހަބަރުތަކުގައި ބުނެފައިވެ އެވެ.

މި ކުއްޖާ ގޮވައިގެން އޭނާގެ މައިންބަފައިން ހޮސްޕިޓަލަށް ދިޔައީ ގަޑި ދިރުވާލެވުނުކަން ޔަގީން ކުރެވިގެންނެވެ. މިއީ އާއިލީގޮތުން ވާރުތަ ވަމުން އައިސްފައިވާ ޒަމާންވީ ގަޑިއެކެވެ. އަދި ގަޑީގައި ކަމަރެއް ނެތެވެ.

މި ކުއްޖާ ކާޓޫނު ބަލަން އިނދެފައި އޮޅިގެން ގަޑި އަނގަޔަށް ލާފައި ދިރުވާލެވުނީ ކަމަށް އޭނާގެ މައިންބަފައިން ބުނެފައި ވެއެވެ.

ޔުކްރޭންގެ ކިއޭވްގައި މި ކަމެއް ހިނގާފައިވަނީ ރަޝިޔާ ސިފައިން އެ ގައުމަށް ހަމަލާ ދޭން ފެށުމުގެ ކުރިންނެވެ.

މި ކުއްޖާގެ ބަނޑުން އެ ގަޑި ނަގަން ޑޮކްޓަރުން މަސައްކަތް ކުރި މަންޒަރުތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ.

ގަޑި ނަގާފައިވަނީ އެންޑޮސްކޮޕީ ހަދައިގެންނެވެ. އެހެންކަމުން ގަޑި ނަގަން ކުއްޖާގެ ހަށިގަނޑުން އެންމެ ތަންކޮޅެއް ވެސް ކަފާލާކަށް ނުޖެހުނެވެ.