ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްއިން ފ. އަތޮޅު މަދަރުސާގައި ކުދިން ފޮތްކިޔާ ކުޅޭނެ ތަނެއް ގާއިމުކޮށްފި

ބީއެމްއެލްއިން ފ. އަތޮޅު ސްކޫލުގައި ކުދިން ފޮތްކިޔުމަށާއި ކުޅެން ގާއިމުކޮށްފައިވާ ސަރަހައްދު --- ފޮޓޯ: ބީއެމްއެލް
0%
0%
0%

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ފ. އަތޮޅު މަދަރުސާގައި ފޮތް ކިޔުމަށާއި ކުދިން ކުޅުމަށް ހާއްސަ ތަނެއް ގާއިމްކޮށްފި އެވެ.

"ފަހި މާހައުލު"ގެ ނަމުގައި މި ޕްރޮޖެކްޓް ހިންގާފައިވަނީ ފަތުހުﷲ ޝާތިރު އެވެ. މިއީ ކުޑަކުދިންގެ ހިތުގައި އުނގެނުމަށް ޝައުގުވެރިކަން އުފައްދައި ކިޔެވުމުގައި ފަހިމާހައުލެއް ގާއިމުކޮށްދިނުމުގެ އަމާޒުގައި ހިންގާފައިވާ ޕްރޮޖެކްޓެވެ.

ފ. އަތޮޅު މަދަރުސާގެ ފައުންޑޭޝަން ސްޓޭޖް ކްލާސް ރޫމްގައި ފޮތް ކިޔުމަށާއި ކުދިން ކުޅުމަށް ގާއިމުކޮށްފައިވާ ތަނުގައި ވަނީ ބީން ބޭގް ބަހައްޓައި، ފޮތާއި ކިޔުމަށް ބޭނުންކުރާ އެހެނިހެން ތަކެއްޗާއި ކުޅޭ ސާމާނު ބަހައްޓާފަ އެވެ.

ބީއެމްއެލްއިން ފ. އަތޮޅު ސްކޫލައި ކުދިން ފޮތް ކިޔަންށާއި ކުޅެން ގާއިމުކޮށްފައިވާ ސަރަހައްދު -- ފޮޓޯ: ބީއެމްއެލް

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ފަތުހުﷲ ވިދާޅުވީ ކުޅޭ ތަން ގާއިމުކުރެވުނު ތަނުގެ ސަބަބުން ކިޔެވުމަށް ކުދިންގެ ޝައުގުވެރިކަން އިތުރުވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

"މިފަދަ މުހިންމު ޕްރޮޖެކްޓަށް ފަންޑުކޮށްދެއްވި ކަމަށްޓަކައި ފ. އަތޮޅު މަދަރުސާގެ ނަމުގައި އާއި ފީއަލީގެ ރައްޔިތުންގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް އަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން." ފަތުހުﷲ ވިދާޅުވި އެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް 60 ޕްރޮޖެކްޓެއް ހިންގުމަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345