ހަބަރު

އއ. ތައުލީމީ މަރުކަޒަށް ބީއެމްއެލްގެ އެހީ

އއ. ތައުލީމީ މަރުކަޒު ލައިބްރަރީ އަށް ފޮތް އިތުުރުކޮށްފައި
0%
100%
0%

ބޭންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑުން ރަސްދޫގައި ހުންނަ އއ. އަތޮޅު ތައުލީމީ މަރުކަޒުގެ ލައިބްރަރީ އަށް އެހީދީފި އެވެ.

ބެންކުން ހިންގާ ކޮމިއުނިޓީ ފަންޑުގެ ޕްރޮޕޯސަލް ކާމިޔާބުކުރި، އިސްމާއިލް ޝިމާއު ހިންގި މި ޕްރޮޖެކްޓުން މަރުކަޒުގެ ލައިބްރައީއަށް ބޭނުންވާ ފޮތާއި ފޮތްހަރުގަނޑުގެ އިތުރުން ފަރުނީޗަރު ހޯދި އެވެ. ބެންކުން ބުނީ، 1000 އަށް ވުރެ ގިނަ ފޮތް ލައިބްރަރީއަށް އިތުރުވެއްޖެ ކަމަށާއި އޭގެ ތެރެއިން 500 އަށް ވުރެ ގިނަ ފޮތަކީ ކޮމިއުނިޓީ ފަންޑުގެ ދަށުން ގަނެވުނު ފޮތް ކަމަށެވެ. ހަދިޔާގެ ގޮތުގައިވެސް ފޮތް ލިބުނު ކަމަށް ބުންޏެވެ.

މި މަސައްކަތް ކުރި ޝިމާއު ބުނީ އއ. އަތޮޅު ތައުލީމީ މަރުކަޒަކީ 235 ކުދިން ތައުލީމް ހާސިލް ކުރަމުން އަންނަ ސްކޫލަކަށްވާއިރު ލައިބްރަރީގެ ގިނަ ފޮތްތައް ހުރީ ބާވެފައި ކަމަށެވެ. އަދި ޖާގަ ތަނަވަސް ވިޔަސް ފޮތް އިތުރުކޮށް ލައިބްރަރީ އަށް ފަރުނީޗަރުވެސް ބޭނުންވާ ކަމަށެވެ. މި ޕްރޮޖެކްޓުގެ އެހީގައި ބޭނުންވީ ލައިބްރަރީ އިތުރަށް ފުރިހަމަ ކޮށް ކުދިން ފޮތަށް ޝައުގުވެރިކުރުން ކަމެވެ.

އއ. ތައުލީމީ މަރުކަޒު ލައިބްރަރީ --

ބީއެމްއެލްގެ ޕީއާރް މެނޭޖަރު މުހައްމަދު ސަޢީދު ވިދާޅުވީ ތައުލީމީ ދާއިރާ އަކީ ކޮމިއުނިޓީ ފަންޑުގެ ދަށުން ހާއްސަ ސަމާލުކަމެއްދޭ އެއް ދާއިރާ ކަމަށެވެ. އަދި އުއްމީދަކީ މިއީ ދެމެހެއްޓެނެވި ގޮތެއްގައި މުޖުތަމައުއަށް ފައިދާކުރާނެ ޕްރޮޖެކްޓަކަށްވުން ކަމެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ މިހާތަނަށް 10 ޕްރޮޖެކްޓެއް ހިންގުމަށް މާލީ އެހީތެރިކަން ވަނީ ދީފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910