ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސްކޫލް

ދެވަނަ ޓާމްގެ ކިޔެވުން ފަށައިފި

ފުރަތަމަ ޓާމްގައި ސްކޫލްތަކުގެ ކިޔަވަން ފެށުނު ދުވަހު ދަރިވަރުން ސްކޫލައް ހާޒިރުވަނީ: ދެވަނަ ޓާމްގެ ކިޔެވުން މިއަދު ވަނީ ފަށާފައި
0%
0%
0%

ރާއްޖޭގެ ސްކޫލްތައް ހުޅުވައި، ދެވަނަ ޓާމްގެ ކިޔެވުން މިއަދު ފަށައިފި އެވެ.

މިއަދު ދެވަނަ ޓާމްގެ ކިޔެވުން ފަށާފައިވާއިރު ކޮވިޑާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބައެއް ފިޔަވަޅުތައް ވެސް އަޅާފަ އެވެ.

އެގޮތުން މާލެ ސަރަހައްދުގައި ގްރޭޑް އެކެއް އިން ފެށިގެން އަށަކަށް ކިޔަވާ ދަރިވަރުން ސްކޫލަށް ހާޒިރުވާން ޖެހޭނީ ފުރަތަމަ ހަފުތާގެ ދެ ދުވަހު ކަމަށް މިނިސްޓްރީން ވަނީ ނިންމާފަ އެވެ. ނަމަވެސް ސްކޫލްތަކުން ބޭނުންނަމަ ފަސް ދުވަހު ވެސް ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވުން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އަދި ސްކޫލްގެ ހުރިހާ ހަރަކާތްތަކުގައި ވެސް ގައި ދުރުކަން ދެމެހެއްޓުމާއި، ދަރިވަރުން ސްކޫލަށް ހާޒިރުވުމުން ހުން ބެލުމާއި، ސެނެޓަައިޒް ކުރުން ނުވަތަ އަތް ދޮވުމާއި، ސްކޫލްގެ ކިޔަވާ ދަންފަޅި ކުރު ކުރުމަށް އަންގާފައި ވެއެވެ.

ކްލާސްރޫމްގައި ދަރިވަރުން ތިބޭއިރު ތިން ފޫޓު ދުރުމިން ބެހެއްޓުމާއި، ގްރޭޑް އެކެއް އިން އަށެއްގެ ދަރިވަރުން ފުރަތަމަ ހަފްތާ މަދުވެގެން ދެ ދުވަހު ސްކޫލަށް ހާޒިރުވާ ގޮތަށް ޓައިމް ޓޭބަލް ރޭވުމަށް ވެސް އެޑިއުކޭޝަނުން ވަނީ އަންގާފަ އެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ސްކޫލް ކުދިންނަށް އަމާޒު ކޮށްގެން ކުރިއަށް ގެންދިޔަ ވެކްސިނޭޝަން ޕްރޮގްރާމްގައި 90 ޕަސެންޓް ދަރިވަރުން ވަނީ ވެކްސިން ފުރިހަމަ ކޮށްފަ އެވެ. ނަމަވެސް ދެވަނަ ޓާމްގެ ކިޔެވުން މިއަދު ފެށިފައިވާއިރު ކޮވިޑްގެ ކޭސްތައް ހަލުއި ކަމާއި އެކު ފެތުރެމުންދާތީ ގިނަ ބަޔަކު އެކަމާ ކަންބޮޑުވުން ފާޅު ކުރެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހަސަނުގ

2022 ވެސް ފެށިއްޖެ. އަދިވެސް މުސާރަ ބޮޑު ނުވޭ. ކޮބާ ބޮޑުކުރަން ބުނި މީހުން؟ ވޯޓު ހޯދަން ދުވަނީދޯ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345