ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފައިސަލް ނަސީމް

ތައުލީމު ދިނުމަށް ކުރި މަަސައްކަތް ސަރަހައްދުގައިވެސް ފާހަގަކުރެވޭނެ: ނައިބް ރައީސް

ކޮވިޑް 19 މުޅި ދުނިޔެއަށް ފެތުރިފައިވާ މިހާލަތުގައި ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދޭން ރާއްޖެއިން ކުރި މަސައްކަތް މި ސަރަހައްދުން -- ސައުތު އޭޝިޔާ ސަރަހައްދުން--- ފާހަގަވާނެ ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ދިރާސީ އައު އަހަރުގެ މުނާސަބަތުގައި އެޑިޔުކޭޝަން މިނިސްޓްރީން ކަލާފާނު ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި މިއަދު ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ އައު އަހަރުގެ ތަހުނިޔާ ދަރިވަރުންނާއި، މުދައްރިސުންނާއި، ބެލެނިވެރިންނަށް ފޮނުއްވާފަ އެވެ. އަދި ބެލެނިވެރިންނާއި ޓީޗަރުންގެ ބުރަ މަސައްކަތް ވެސް ފާހަގަކުރެއްވި އެެވެ.

ނައިބު ރައީސް ވިދާޅުވީ ދިރާސީ އައު އަހަރު ފެށިގެންދާއިރު ދިވެހިން ވެސް މިތިބީ ކޮވިޑްގެ ދަތިކަކާއި އުދަނގުލުގައި ކަމަށެވެ. ކޮވިޑް ބަލީގައި ގާތްގަނޑަކަށް ގައުމު ހުއްޓުމުކަށް ގެނައި ކަމަށާއި އެންމެ ބޮޑު ގެއްލުމެއް ލިބުނީ ދަރިވަރުންނަށް ކަމަށެވެ. އެކުދިންގެ ކިޔެވުމަށް ގިނަ އުނދަގޫތަކެއް ކުރިމަތިވި ކަމަށާއި އެކަމަކު ދަރިވަރުން ހިތްވަރު ކުރި ކަމަށެވެ.

ކޮވިޑްގެ އުދަނގޫ އެންމެ ބޮޑުވި ދުވަސްކޮޅުވެސް ދަރިވަރުންނަށް ހެޔޮގޮތްތަކެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރި ކަމަށާއި އެ މަސައްކަތްތަކަކީ މި ސަރަހައްދުގައި ފާހަގަކުރެވޭނެ މަސައްކަތްތަކަކަށް ވާނެ ކަމުގައި ނައިބް ރައީސް ވިދާޅުވި އެވެ.

" ޓެލެ ކުލާހާއި އޮންލައިން ޓީޗިން އެއީ އެކަމެއް މިއަދު އަޅުގަނޑުމެން މިއަދު ފާހަގަކުރާ ކަމެއް. ހާއްސަކޮށް ޓީޗަރުން ކުރެއްވި ބުރަ މަސައްކަތަށް އަޅުގަނޑުމެން ޝުކުރު އަދާކުރަން" ފައިސަލް ނަސީމް ވިދާޅުވި އެެވެ.

އެމަނިކުފާނު ވިދާޅުވީ ޓީޗަރުން ކުރައްވާ ބުރަ މަސައްކަތް މިސަރުކާރުން ވަޒަން ކުރާތީ މަސައްކަތައް އެކަށީގެންވާ އުޖޫރައާއި ހާއްސަ އިނާޔަތް ދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެކަން އަވަސް މުސްތަގުބަލެއްގައި ހަމަޖެހިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.

ނައިބް ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކުރަނީ ތައުލީމީ ދާއިރާއަށް ކަމަށެވެ. އެގޮތުން ދައުލަތުން މަސައްކަތް ކުރަނީ ހުރިހާ ކުދިންނަށް ތައުލީމު ދިނުން ފުޅާ ކުރުމަށް ކަމަށާއި އެއްވެސް ކުއްޖަކު ބާކީ ކޮށްލުމަކީ މިސަރުކާރުގެވ ސިޔާސަތެއް ނޫން ކަމަށެވެ.

"ގައުމަށް ފައިދާ ހުރި ކާމިޔާބު ދަރިންތަކެއް ބިނާ ކުރުމަށްޓަކައި އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ. އަދި މިކަމުގެ އެންމެ އިސްރޯލެއް އަދާކުރަނީ މައިންބަފައިން. އަދި ރަނގަޅު ދަރިންތަކެއް އުފެންދުމުގެ ޒިންމާ އަކީ މުޅި މުޖުތަމައުގެ ޒިންމާއެއް،" ނައިބް ރައީސް ވިދާޅުވި އެވެ.