ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޑރ. އައިޝަތު އަލީ

"ކޮވިޑުގައި ކިޔެވުމަށް މާބޮޑު އަސަރެއް ނުކުރޭ"

އަމީނިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް
0%
0%
0%

ކޮވިޑުގެ ހާލަތާ ގުޅިގެން ސްކޫލުތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދިން ނަމަވެސް ދަރިވަރުންގެ ކިޔެވުމަށް މާބޮޑު އަސަރެއް ނުކުރާ ކަމަށް އެޑިއުކޭޝަން މިނިސްޓަަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ. މެންބަރު ޔޫނުސް އެއްސެވީ ދަރިވަރުންގެ ނަތީޖާއަށް އަންނަ ބަދަލާ އަދި އެ ބަދަލާމެދު ހިތްހަމަ ޖެހޭތޯ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިތާ އަހަރެއްގެ ތެރޭގައ ކޮވިޑުގެ ހާލަތު ކުރިމަތިވި ކަމަށާއި އެއާއެކު ދަރިވަރުން ކިޔަވަމުން ދިޔައީ ވަރަށް ހާލުގައި ކަަމަށެވެ. އަދި އެ ހާލަތުގައި ވެސް ދަރިވަރުންގެ ކިޔެވުން ހުއްޓާނުލާ ކުރިއަށް ގެންދެވުނު ކަން މިނިސްޓަރު އުފަލާއެކު މިއަދު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑާ ގުޅިގެން ދަރިވަރުންގެ ކިޔެވުމަށް ކުރި އަސަރު ބަލަން ޑައިގްނޯސްޓިކް ޓެސްޓުތަކެއް ހެދި ކަމަށެވެ.

"އަޅުގަނޑުމެންނަށް އޭގެ ނަތީޖާއިން ދައްކާގޮތުން އެހާ ބޮޑު އަސަރެއް ދަރިވަރުންގެ ކިޔެވުމަށް އައިސްފައެއް ނެތް. އޭގެން އެ ދައްކުވައިދެނީ ކޮވިޑުގެ ހާލަތުގައި ވެސް އަޅުގަނޑުމެންގެ ސްކޫލުތަކުގެ މުދައްރިސުންނާއި ބެލެނިވެރިންނާއި ވަރަށް ރަނގަޅަށް ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންގޮއްސިކަން." މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑުގެ ހަލަތާ ގުޅިގެން ސްކޫލުތައް އެންމެ ފުރަތަމަ ބަންދުކުރީ މިދިޔަ އަހަރުގެ މާޗު މަހު އެވެ. އޭގެ ފަހުން ހާލަތު ރަނގަޅުވުމުން ސްކޫލުތައް ހުޅުވި ނަމަވެސް ކޮވިޑުގެ ހާލަތު ގޯސްވަމުން ދިއުމުން ދޭތެރެ ދޭތެރެއިން އޮންލައިންކޮށް ކްލާސްތައް ގެންދަން ޖެހުމުން މިދިޔަ އަހަރު އެއްކޮށް ކަހަލަ ގޮތަަކަށް މާލޭގެ ސްކޫލުތައް އޮތީ ބަންދޮށްފަ އެވެ. އަދި މި އަހަރު ވެސް ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން ސްކޫލުތައް ބަންދުކުރި އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345