ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ގައިދުރުނުކޮށް ސްކޫލުތަކުގައި ކިޔެވުން ފަށަން ގޮވާލައިފި

ކޮވިޑް-19 އިން ރައްކާތެރިކަމުގެ ފިޔަވަޅުތައް މާލޭގެ ސްކޫލެއްގައި ތަންފީޒު ކުރަނީ. -- އަވަސް ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ)
0%
33.3%
66.7%

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ނިމުމަކަށް ގެނެސް، އާއްމު ހާލަތުގައި ސްކޫލުތަކުގެ ކިޔެވުން ފަށުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

އާދީއްތަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ކޮވިޑާ ގުޅިގެން ގިނަ ގްރޭޑުތަކުގައި އޮންލައިންކޮށް ކިޔަވާދެމުންދާއިރު، އެކަން ނިމުމަކަށް ގެނެސް، އާއްމު ހާލަތުގައި ސްކޫލްތަކުގައި ކިޔެވުން އަލުން ފެށޭނެ ގޮތެއް މަޖިލީހުން ހޯދައިދޭން ޖެހޭ ކަމަށެވެ.

"މަދަރުސާތައް ގައިގޯޅިވާ ގޮތަށް، ގައިދުރު ނުކޮށް މަދަރުސާތައް އަވަހަށް ފެށޭނެ ގޮތެއް އަޅުގަނޑުމެން އެބަ ހޯދައިދޭންޖެހޭ. އަޅުގަނޑަށް ފެންނަ ގޮތުގައި، އިތުރު މުއްދަތަަކަށް މަދަރުސާތައް ބަންދުކޮށްފައި ބަހައްޓަން ޖެހިއްޖެ ނަމަ ނުވަތަ މަދަރުސާތައް އޭގެ އާންމު ގޮތުގައި ކުރިއަށް ނުގެންދެވިއްޖެ ނަމަ ރާއްޖެއަށް ލިބޭ ގެއްލުން އެއީ ވަރަށް ބޮޑު ގެއްލުމަކަށް ވެގެން ދާނެ،" ނަޝީދު ވިދާޅުވި އެވެ.

އޭގެ މިސާލެއްގެ ގޮތުން ނަޝީދު ވިދާޅުވީ، ސުނާމީއާ ގުޅިގެން ބަންދުކުރެވުނު މަދަރުސާތަކުގެ ތެރެއިން ވިލުފުށީ މަދަރުސާ އަދި ކަނދޮޅުދޫ މަދަރުސާއަށް އަދިވެސް ކުރީގައި ހޯދަމުން އައި ނަތީޖާއާ ހަމައަށް އާދެވިފައިނުވާ ކަމަށެވެ.

އެހެންކަމުން، ރާއްޖޭގެ މަދަރުސާތައް ބަންދުވެ، އިންޓަނެޓްގެ ޒަރިއްޔާއިން ސުކޫލުތައް ހިންގަމުން ގެންދިއުމުން އޭގެން ލިބޭނެ ގެއްލުންތަކާއި މެދު ވިސްނަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ސްކޫލްތަކާއި ތައުލީމްދޭ މަރުކަޒުތަކާއި ޔުނިވާސިޓީތަކާއި ކޮލެޖްތައް ބަންދު ކުރީ، މާޗް މަަހު އެވެ. އެ ފަހުން، ގިނަ ދުވަސްތަކެއް ވަންދެން އޮންލައިން ކްލާސްތައް ބޭއްވި އެވެ. އަދި، ޖުލައި އެކަކުން ފެށިގެން ބަލި ނެތް ރަށްރަށުގައި ގްރޭޑް އެކަކުން މައްޗަށް ކިޔަވައި ދިނެވެ.

މާލެ ސިޓީގައި ކިޔަވައިދީފައިވަނީ، ހަމަ އެކަނި ގްރޭޑް ހަތަކުން މަތީގެ ދަރިވަރުންނަށެވެ.

ސްކޫލްތަކުގެ ކިޔެވުމަށް އައި ބޮޑު ބަދަލާއެކު ގެއްލުނު ފިލާވަޅުތައް އަންނަ އަހަރު ފުރިހަމަކޮށް، ދިރާސީ އާ އަހަރު ފެށުމަށް ނިންމާފައި ވަނީ އަންނަ އަހަރުގެ އޮގަސްޓް 10 ގައެވެ. އާ ދިރާސީ ކަލަންޑަރުގައިވާ ގޮތުން، މި އަހަރުގެ ދެ ވަނަ ޓާމު ފަށާނީ އަންނަ އަހަރު ޖެނުއަރީ 10 ގަ އެވެ. އަދި ޖޫން 24 ގެ ނިޔަލަށް ދެ ވަނަ ޓާމު ދެމިގެން ދާނެ އެވެ.

މިހާރު ފުރަތަމަ ޓާމުގެ ޗުއްޓީއަށް ގޮސްފައިވާއިރު، ދެވަނަ ޓާމަށް ހުޅުވޭއިރުވެސް ސުކޫލުތައް އާންމު އުސޫލުން ހިންގޭތޯ މަސައްކަތް ކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ވިދާޅުވެފައި އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ަބެއްޔަ

ތިހެންވާނަމަ ކިތަންމެހައިވެސް ރަނގަޅު...

ރައީސެކޯ

ތިޔަނިމުމަކަށް އައީ ތިކަން. ރައީސުލްޖުމްހޫރިއްޔާގެ ބަހެއް ދެން ބޭނުމެއްނުވާނެ. މަޖުލިހުގެ ރައީސް އަށް އެނގޭނީ ވަޒީރުންނާ ސްކޫލްތަކުގެ މަސައްކަތް ގެންދަންވީގޮތްވެސް. އެކަން އެގޮތަށް ހިޔަނި ރައީސް ނިންމަވާދެއްވާނެ.

ބާޣީ

މިއީ ދެން ކިހާ ބޮޑު ކަމެއް

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345