ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސްކޫލް

"ސުކޫލުތައް ބަންދު ކުރުމުގެ ވިސްނުމެއް ނެތް"

ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް
33.3%
16.7%
50%

ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ސުކޫލުތަކުން ފެނުނު ނަމަވެސް ސުކޫލުތައް އަލުން ބަންދު ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ގިނަ މަސްތަކަކަށްފަހު ދަރިވަރުން ސުކޫލުތަކަށް ހާޒިރުވެ ކިޔަން ފަށާފައިވަނީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު އެވެ. ސުކޫލުތައް ހުޅުވިތާ ދެތިން ދުވަސް ފަހުން އަމީނިއްޔާ ސުކޫލުގެ ޓީޗަރަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެއީ އެ ސުކޫލުގެ ގުރޭޑް ތިނެއްގެ ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރެކެވެ. ޕޮޒިޓިވް ކޭސްއާ ގުޅިގެން ޓީޗަރުންތަކެއް ވަނީ ކަރަންޓީން ކޮށްފައެވެ. ނަމަވެސް އެ ޓީޗަރުންނާއި ދަރިވަރުން ކޮންޓެކްޓްވެފައިނުވާ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.

އޭގެ ފަހުން ބިލަބޮންގް ސްކޫލްގައި ކިޔަވަމުން އަންނަ ހަތަރު ދަރިވަރަކު ވަނީ ޕޮޒިޓިވްވެފައެވެ. ޕޮޒިޓިވްވި އެ ހަތަރު ދަރިވަރުންނަކީ އެއް އާއިލާއަކަށް ނިސްބަތްވާ ކުދިން ކަމަށް ވެއެވެ. އަދި ގާޒީ ސުކޫލުގެ ޓީޗަރަކާއި ޖަމާލުއްދީން ސުކޫލުގެ ދަރިވަރަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ. ގާޒީ ސުކޫލުން ޕޮޒިޓިވްވެފައިވަނީ ގުރޭޑް އެކެއްގެ ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރެކެވެ. ޕޮޒިޓިވްވި ޓީޗަރާއު 12 މީހަކު ވަނީ ކޮންޓެކްޓްވެފައެެވެ. ޖަމާލުއްދީން ސުކޫލުގެ ގުރޭޑް 9 ގައި ކިޔަވަމުންދާ ދަރިވަރު ޕޮޒިޓިވްވެގެން ހަތަރު މީހަކު ކަރަންޓީން ކުރިއެވެ.

ސުކޫލުތަކުން ފެނުނު ކޭސްތަކާއި ގުޅިގެން ސުވާލު ކުރުމުން އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް ފެތުރިފައިވަނީ ސުކޫލުތެރެއިން ނޫން ކަމަށާ ޕޮޒިޓިވް ކޭސްތަކަކީ ސުކޫލުން ބޭރާ ގުޅުންހުރި ކޭސްތަކެއް ކަމަށެވެ. ސުކޫލުތަކުގެ ޓީޗަރުންނާއި ދަރިވަރުން ޕޮޒިޓިވްވުމަކީ ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިންގެ ކަންބޮޑުވުމެއް ނަމަވެސް ސުކޫލުތަކަކީ ރައްކާތެރި އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ މާހައުލަކަށް ހެދުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ ތަންތަން ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ ދަރިވަރު ސުކޫލަށް ނުފޮނުވުމާއި ސުކޫލުގައި ހޭދަކުރާ ވަގުތު މާސްކު އަޅައިގެން އުޅުމާއި އަތް ސާފު ކުރުމާއި ސުކޫލުތައް ޑިސްއިންފެކްޓް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެކަން އެގޮތަށް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

"ސުކޫލުތަކުންވެސް ގައިޑްލައިންތަކަށް ވަރަށް ރަނގަޅަށް އަމަލު ކުރަމުންދާކަން އަޅުގަނޑުމެން ފާހަގަ ކުރަން،"

ނަޒްލާ ވިދާޅުވީ ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް ކޮންމެ ފަރުދެއްގެ ޒިންމާއެއްވެސް އެބައޮތް ކަމަށެވެ. އެގޮތުން ސުކޫލު ދަރިވަރުންނާއި ޓީޗަރުންވެސް ބޭރުގައި އުޅޭއިރު އަބަދުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ ގައިދުރުކަން ބެހެއްޓުން މުހިންމު ކަމަަށެވެ. ގުރޫޕް މަސައްކަތް ކުރާ ވަގުތުތަކުގައި އަދި ޓީޗަރުން ސުކޫލުން ބޭރުގައި މަސައްކަތެއްގައި ހަރަކާތްތެރިވާނަމަވެސް ސުކޫލް ގައިޑްލައިން ފޮލޯކުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

"ސުކޫލުގެ މާހައުލަކީ އެންމެނަށް ހާއްސަކޮށް ދަރިވަރުންނަށް ރައްކާތެރި މާހައުލަކަށް ހެދުމަށް ހުރިހާ ފަރާތްތަކުގެވެސް ޒިންމާއެއް އެބައޮތް،" ނަޒްލާ ވިދާޅުވިއެވެ.

16 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މަރީ މަރީނާ

ސުކޫލުތައް ބަންދު ކުރަން ޖެހޭ ސަބަބެއް ނުވިސްނޭ

އައިޝަތު ފަރީޝާ

ހެޔޮ ވިސްނޭ، ދުރަށް ވިސްނާ، ދަރިންނަށް ހެޔޮ އެދޭ މީހެއް ސުކޫލުތައް ބަންދު ކުރާކަށް ނުގޮވާނެ. މި ބަލިމަޑު ކަމާއި އެކު، ﷲއަށް ވަކީލު ކޮށްލަން ދަރިންނަށް ދަސްކޮށްދޭން ޖެހޭ

ނަފީސާ

މީ ދެން ބޮޑުވަރު. ކިހނެއް ވެގެން އުޅޭ ސަރުކާރެއްތަ މީ

ބޮލް

މީހުން މަރުވާންފެށީމާ އަނެއްކާވެސް ތެޅިގަންނާނެ.... ކޮންމެ ގައުމެއްވެސް މިހެން... ބޯހަލާކު

ކައިޒީން

ތިބުނީ ހެޔޮކޮށް. އެ އުޅެނީ ޅަދަރިން ކޮޅެއް މަރާ ނުލެވިގެން

މަރުޙަބާ!

ދަރިންކޮޅު ފުރިހަމަ ގޮތުގައި، ކިޔެވުމުން މަޙްރޫމްވެފައި ތިބޭތާ އަހަރެއްވަނީ އެވެ. ބައްޔަށް ރައްކާތެރި ވުމަކީ ކުރަންޖެހޭނެ ކަމެކެވެ. އުނގެނުމަކީ ވެސް ކުރަންޖެހޭނެ ކަމެކެވެ. މިހާރުދެން ދެން ﷲއަށް ވަކީލުކޮށް ރައްކާތެރި ކަމާއިެކު، ކޮވިޑާއެކު އުޅެން ދަސްކުރަންވީ އެވެ.

މިލްކާ

ކިޔެވުން ދޫކޮށް ނުލެވޭނެ ކޮވިޑޭ ކިޔާފަ. ކޮވިޑް އާ އެކު އުޅެން އެބަ ޖެހޭ އަސްލުވެސް. ކުދިން ގޭގަ ހުރެހުރެ ވަރަށް ބޮޑެތި ބަދަލުތަކެއް ވަނީ އަތުވެފަ

އލްނ

އާނ އަސްލު ބަންދު ކުރުމުން ލިބޭފައިދާއައް ވުރެއް ގެއްލުން ބޮޑު

ލިތޫ

ކިހާދެރަ ކަމެއް.ދުވަހެއް ފުވަހަކައް ކޭސްތައް ވަނީ އިތުރު

ޖައިދާ

ކޭސްތައް ވާނީ އިތުރެއްނު ރައްކާތެރިކަމެއް ނެތީމަ. ގައިދުރުކަމެއް ނުބާއްވާ

ހަސީނާއްތަ

އަސްލު ވެސް ކުރާނެ ކަމެއްނެތް...އެހެންތަންތަނަށް ދަރިން ގޮވައިގެން ދެވެންޔާ ސުކޫލަށްވެސް ގެންދެވެންވާނެ....ކޮވިޑް އުޅެނީ ސްކޫލްގަ އެކަނިތަ،....

ފައިޒާ

ސުކޫލަށް ފޮނުވަން އެއްބަސް ނުވަނީ. އޯކޭ ޕާރކް ތަކަށް ދާން. ދަތުރު ދާން ދަރިންފަތި ގޮވައިގެން. މި ހީވަނީ ސުކޫލުގަ އެކަނި ކޮވިޑް އުޅޭހެން

ހުލްޤު

ބަންދު ކުރާކައް ނުޖެހޭ

ހައިފާ

އެގްރީ

ރިހާކުރު

ގަދަޔައް ފެތުރެންދެން މަޑުކޮއްލާ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345