ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް އެޑިއުކޭޝަން

ޕްރީ ސުކޫލުތަކާއި ކޮލެޖްތައް ބަންދު ކުރަން އަންގައިފި

33.3%
0%
66.7%

މާލެ ސަރަހައްދުގައި ހިންގަމުންދާ ޕްރީ ސުކޫލުތަކާއި ކޮލެޖް/ޔުނިވާސިޓީތަކުގެ ކިޔެވުން ކުރިއަށް އޮތް ދެ ހަފްތާގައި އޮންލައިންކޮށް ކުރިއަށް ގެންދަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

ރާއްޖެއިން ކޮވިޑް ކޭސްތައް ފެންނަ މިންވަރު އިތުރުވުމާއި ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ ތިން ބައި ކުޅަ އެއް ބައި މީހުންނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާރު ފެންނަމުންދާ އެ ބަލީގެ އާ ބާވަތް ނުވަތަ ވޭރިއަންޓް ޖެހިފައިވާ މީހުންކަމަށް ލަފާކުރެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ.

އެތަށް މަސްތަކެއް ވަންދެން ސުކޫލުތައް ބަންދުކޮށްފައި ބެހެއްޓުމަށްފަހު ސުކޫލުތައް ހުޅުވީ ޖަނަވަރީ ހަވަނަ ދުވަހުއެވެ. އެޗްޕީއޭއިން މިއަދު ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގައި ހިންގަމުންދާ ޕްރީ ސުކޫލުތަކާއި ކޮލެޖް/ޔުނިވާސިޓީތަކުގެ ކިޔެވުން ކުރިއަށް އޮތް ދެ ހަފްތާގައި އޮންލައިންކޮށް ނިންމާފައިވާ ކަމަށެވެ.

މި ނޫންވެސް ގިނަ ފިޔަވަޅުތަކެއް މިއަދު ވަނީ އަޅާފައެވެ. ބަލި ޖެހޭ މީހުންގެ ނިސްބަތް އިތުރުވާން ފެށުމުން އެޗްޕީއޭއިން ފިޔަވަަޅުތައް ވަރުގަދަ ކޮށް، މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 12 އިން ފެށިގެން ފަތިހު ހަތަރަކަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަަށް ނިކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ. ނަމަވެސް، އެ ފިޔަވަޅު އިތުރަށް ހަރުކަށިކޮށް، އެޗްޕީއޭ އިން މިއަދު ވަނީ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުން ރޭގަނޑު 8.30 އިން ފެށިގެން ފަތިހު 4.30 އަށް މަނާކޮށްފަ އެވެ.

އަދި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް ކުރިއަށް އޮތް ދެ ހަފްތާއަށް ކާފިއު އިއުލާނުކުރަން ނިންމައިފަ އެވެ.

ކަސްރަތު ކުރާ މީހުންނާއި އުމުރުން ދުވަސް މީހުންނަށް ފިޔަވައި، ޕާކުތައްވެސް ވަގުތީ ގޮތުން ބަންދުކުރަން އަންގާފައިވާއިރު، ގިނަ ބަޔަކު އެއްވެގެން ކުރިއަށް ގެންދާ ކުޅިވަރު ހަރަކާތްތަކާއި ޓީމު ކުޅިވަރުތައް ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ. މީގެ އިތުރުން، ކުރު މުއްދަތަކަށް ޒަރޫރީ ބޭނުމެއްގައި އަތޮޅު ތެރެއަށް ދަތުރުކުރާ ފަރާތްތަކަށް ކޮވިޑް-19 އިގެ ނެގެޓިވް ޕީސީއާރު ނަތީޖާއެއް ބޭނުންވާނެކަމަށް އެޗްޕީއޭއިން އުސޫލަށް ގެނައި ބަދަލުގައި ބުންޏެވެ.

7 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ސަމާޔާ

ސްކޫލުތައް ބަންދުކޮއްދީ. ދރިންގެ ފުރާނަ މުހިއްމީ. ކުދިން ނުކިޔަވާ އުޅުންގޯސް ވަނީއޭ ކިޔާ މައިންބަފައިންނަށް ބުނެލަން އޮތީ ދަރިން ތަރުބިއްޔަތު ކުރުމަކީ މައިންބަފައިންގެ ޒިއްމާއެކޭ. ގިޔާމަތް ދުވަހުން އެކަަމާ ސުވާލުކުރެވޭނީ މައިންބަފައިންނާ، ޓީޗަރުންނަކަށް ނޫން. މަގޭ ގްރޭޑް 6، 7 އަދި 9 ގަ އުޅޭ ކުދިންވެސް އިރާދަކުރެއްވިއްޔާ ގޭގަ ތިބެވެސް ކިޔެވި. ޝިފްޓު ޑިއުޓީ ކުރަމުން އެސައިންމަންޓްތަކުގެ ކަންކަން ބަލަމުން ބުރަކޮށް އުޅުނީ. ކުޑަ ދެބެން ނޭވާހިއްލާތީ ސްކޫލަށް ފޮނުވަން ވަރަށް ބިރުގަނޭ. މަށަށް ޔަގީން އަހަރެން ފަދައިން ކަންބޮޑުވާ މައިންބަފައިން ތިބޭނެކަން. އެކަމަކުވެސް އެޑިއުކޭޝަން މިނިސްޓްރީން އެތިބީ ކުދިންގެ ލައިފް ރިސްކު ކޮއްގެން ވިޔަސް ސްކޫލަށް ގެންދަން ހިފާފަ.މިހާރު ހަގު ދަރިން ގެންދާ ސްކޫލުގެ ބޮޑެތި އެޑްމިން ބަޔަކުވެސް ޕޮޒިޓިވް ވެއްޖެ.

ހައްޕުޑު

ގްރޭޑް 1 އިން ފެށިގެން 12 އަށް ކިޔަވައިދެނީ ސްކޫލް އަށް ގެންގޮސްގެން އެކަމަކު ކޮލެޖްތަކާއި ޔުނިވަރސިޓީތައް ބަންދު ކިހިނެއްބާ މިވަނީ ގްރޭޑް 1 2 3 ގަވެސް އުޅެނީ ވަރަށް ކުޑަކުދިން އެކަނި ކަންތައްވެސް ނުކުރެވޭވަރުކުދިން އެކަމަކު ޔުނިވަރސިޓީތަކުގައި އުޅޭނީ ބޮޑެތިމީހުން މީ ހަމަޖެހޭކަމެއްނޫން އެހެންވެއޭ ބުނަނީނީ އައިޝަތު އަލީ އަކަށް ހިންގާކަށް ނޭންގެ

ޥިސްނާ

ބަލަ ކޮލެޖްތަކުގައާއި ޔުނިވަރސިޓީ ތަކުގައި ނޯވެ އޭ 40 30 މީހުން 3 ފޫޓް ދުރުގައި ބަހައްޓާ ވަރަކަށް ޖާގައެއް. ކުދި ކުދި ކުލާސްރޫމްތައް ހުންނަނީ. ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ އަނެއްކޮޅުން ކުޑަކުދިން ގޭގައި އޮންލައިން ކުލާސް ނަގަން ގޭގައި ބޭތިއްބީމަ ނަ ފްސާނީގޮތުން އެތައް ގެއްލުމެއް ލިބޭ ޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭ . ޢެކަމް ބޮޑެތި މީހުން އޮންލައިންކޮށް ކުލާސް ނަގާ ފަ މެންޓަލީ ފިޓްކޮށް އުޅެވޭ. ޢައިޝަތު އަލީ އަށް ވުރެ ދުރުވިސްނޭ މިނިސްޓަރެއް ސަރުކާރަކު ނެތް. ސާ ފު ވެއްޖެ!

ސުނޭ

ތިޔަ ނިންމުން މުޅިއަކުން ރަނގަޅެއް ނޫން

ހުޒައް

އަސްލު ޕްރީ ސްކޫލްތައް މުޅި ރާއްޖެ ހިމެނޭހެން ބަންދު ކުރުން ބުއްދިވެރި.ވަރައް ގިނަ މަންމަ އިން ރޯގާ ޖެހިފަ ހުއްޓާ ވެސް އެބަ ގެންދޭ.ހުން ބަލާފަ ވެއްދިޔަސް މާސްކު އަޅާފަ ހުރީމަ ނޭފަތުން ފޭބިޔަސް އިނގޭނީކޯ ނޫން

ސަމާޔާ

އަސްލުވެސް. މަގޭ ނޭވާހިއްލާ 2 ކުއްޖަކު މިގެންދަނީ ވިލިމާލޭން މާލޭ ސްކޫލަކަށް. ފެރީމަތީގަ ޕްރީސްކޫލު ކުއްޖެއްގެ މާސްކު ނަގައިގެން މަންމަ ހަމަ ގަދަޔަށް ރޯގާ ފޮޅަނީ .އެކުއްޖާ ހަމަ މުޅި ނެފަތުގަ އަތްލާ އަތަށް ކެއްސާފަ މުޅި ތަނުގަ އަތް ހޭކި. އަދި ކަރަންޓީނުގަ ތިބޭ މީހުން މަގުގަ ތިބެ އަދި ފެރީން ދަތުރު ކުރޭ. ވިލިމާލެ ކުޑަ ތަނެއްވީމަ އިނގެނީ. އަދި މާލޭގަ ނޭނގި ކިތައް މީހުން ބަލިފަތުރަމުން އުޅޭނެ ދޯ.

ޖަވާޒާ

އައްލުވެސް ދޯ.ސްކޫލައް ގެންދިޔަ ކަމުން ދަރިންކޮޅު ބަލިވެއްޖެ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345