ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް އެޑިއުކޭޝަން

އަންނަ މަހުން ފެށިގެން ސުކޫލުތަކަށް ވަދެނިކުމެވޭނީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް އެކަނި

އަންނަ މަހުން ފެށިގެން ސުކޫލުތަކަށް ވަދެ ނިކުމެވޭނީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް އެކަނި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ދެންމެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ދަރިވަރުންގެ ކިޔެވުން ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށާއި ކޮވިޑް-19 އިން ރައްކާތެރިވުމަށް ސުކޫލުތަކުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އަންނަ މަހުން ފެށިގެން ސުކޫލުތަކަށް ވަދެ ނިކުމެވޭނީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް އެކަނި ކަމަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށް އިލްތިމާސްކޮށްފައެވެ. ކޮވިޑް-19 އިން ދިފާއުވުމަށް ފެބްއަރީ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖޭގައި ވެކްސިން ޕްރަގްރާމް ދަނީ ހިންގަމުންނެވެ. ނަމަވެސް އަދިވެސް ވެކްސިންގެ ދެ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކޮށްފައިނުވާ މީހުން އެބަތިއްބެވެ.

އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރީން ސުކޫލުތަކަށް ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އޮގަސްޓް މަހު 2021 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު ހުރިހާ މުވައްޒިފުންވެސް ވެކްސިން ފުރިހަަމަ ކޮށްގެން ތިބުމަށެވެ. ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ މީހުންނާއި ދެވަނަ ޑޯޒް ޖުހަތާ ތިބި މުވައްޒިފުންނަށް ފަސޭހަ އިންތިޒާމެއްގެ ތެރެއިން ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަަމަށްވެސް ބުނެފައިވެއެވެ. އަދި އެ މަޝްވަރާތައް އެޗްޕީއޭއާއެކު ކޮށްފައިވާ ކަމަށް އެޑިއުކޭޝަން ވަނީ ބުނެފައެވެ.

މީގެ އިތުރުން ވެކްސިން ނުޖެހޭ މުވައްޒިފުން އެކަން ސަބަބާއެކު ބަޔާންކޮށް އެޑިއުކޭޝަނަށް ހުށައެޅުމަށް ވަނީ އަންގާފައެވެ. އެ ގޮތުން ވެކްސިން ނުޖެހޭ ސަބަބު ބަޔާންކުރާ އެޗްޕީއޭގެ ލިޔުމެއް ހުށައަޅަން ޖެހެއެވެ. މާބަނޑު މީހުންނާއި ބައެއް އެެހެން ސަބަބުތަކާއި ގުޅިގެންވެސް ވެކްސިން ޖެހުން ފަސް ކުރަން ޖެހެއެވެ. ނަމަވެސް ފައިޒާ ވެކްސިން މާބަނޑު މީހުންނަށް ދެއެވެ. އެ ބްރޭންޑްގެ ރާއްޖޭގައި ހުރީ މަދު އަދަދެއްގެ ވެކްސިނެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އެންމެ ބޮޑަށް އަސަރުކޮށްފައިވާ އެއް ދާއިރާއަކީ ތައުލީމީ ދާއިރާއެވެ. މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭ އެތައް މަސްތަކެއް ހޭދަވީ ސުކޫލުތައް ބަންދުގެ ހާލަތުގައެވެ.