ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ގާޒީ ސުކޫލު ޓީޗަރެއް، ޖޭއެސްގެ ދަރިވަރެއް ޕޮޒިޓިވް

ގާޒީ ސުކޫލުގެ ޓީޗަރަކާއި ޖަމާލުއްދީން ސުކޫލުގެ ދަރިވަރަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްއީއޯސީން މިއަދު ބުނީ ގާޒީ ސުކޫލުން ޕޮޒިޓިވްވެފައިވަނީ ގުރޭޑް އެކެއްގެ ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރެއް ކަމަށެވެ. އެ ޓީޗަރު ޕޮޒިޓިވްވިކަން އެނގުނީ މިއަދު އެވެ. ޕޮޒިޓިވްވި ޓީޗަރާއު 12 މީހަކު ވަނީ ކޮންޓެކްޓްވެފައެެވެ. އެޗްއީއޯސިީން ބުނީ އަދިވެސް ކޮންޓެކްޓްޓްރޭސިންގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.

މީގެ އިތުރުން ޖަމާލުއްދީން ސުކޫލުގެ ގުރޭޑް 9 ގައި ކިޔަވަމުންދާ ދަރިވަރަކުވެސް މިއަދު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެ ދަރިވަރަކާއި ކޮންޓެކްޓްވި ހަތަރު މީހަކު ވަނީ ފާހަގަކުރެވިފައެވެ.

ގާޒީ ސުކޫލުގެ ޓީޗަރަކާއި ޖަމާލުއްދީން ސުކޫލުގެ ދަރިވަރަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު މާލޭގެ ބިލަބޮންގް ސްކޫލްގައި ކިޔަވަމުން އަންނަ ހަތަރު ދަރިވަރަކުވެސް މިއަދު ވަނީ ޕޮޒިޓިވްވެފައެވެ. ޕޮޒިޓިވްވި އެ ހަތަރު ދަރިވަރުންނަކީ އެއް އާއިލާއަކަށް ނިސްބަތްވާ ކުދިން ކަމަށް ވެއެވެ.