ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް އެޑިއުކޭޝަން

މާލޭގައި ގްރޭޑް 1 އިން 8 އަށް ކިޔަވައި ދިނުން އޮންލައިންކޮށްފި

މާލެ ސަރަހައްދުގެ ސުކޫލުތަކުގައި އެލްކޭޖީއިން ފެށިގެން ގުރޭޑް 8 އަށް އޮންލައިންކޮށް ކިޔަވައިދޭން ނިންމާފައިވާ ނިންމުން އިތުރު ދެ ހަފްތާއަށް ދަންމާލައިފި އެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި ރާއްޖެ މިހާރު އޮތީ ކޮވިޑްގައި މިހާތަނަށް ތަޖުރިބާ ނުކުރާ ފަދަ ގޯސް ހާލަތެއްގައި ކަމަށްވެސް ބުނެފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކޮވިޑުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކުރިއަށް އޮތް ދެ ހަފްތާއަށް މާލެ ސަރަހައްދުގެ ސުކޫލުތަކުގައި އެލްކޭޖީއިން ފެށިގެން ގުރޭޑް 8 އަށް އޮންލައިންކޮށް ކިޔަވައިދޭން ނިންމާފައިވާ ކަމަށެވެ. އެ ނިންމުން ނިންމީ އެޗްޕީއޭއާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު ކަމަށްވެސް ބުންޏެވެ.

މި މަހުގެ 13 ވަނަ ދުވަހުން ފެށިގެންވެސް މާލެ ސަރަހައްދުގެ ސުކޫލުތަކުގައި ގުރޭޑް އެކަކުން ހަޔަކަށް ކިޔަވައިދެނީ އޮންލައިން ކޮށެވެ.

ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ 100 އިން މަތީގައި ޕޮޒިޓިވް ކޭސްތައް ހުންނަތާ 40 ދުވަސް ވަނީ ވެފައެވެ. އެކަމާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.