ހިންނަވަރު

ޕްރިންސިޕަލެއް ނެތުމުން ހިންނަވަރު ބެލެނިވެރިން މުޒާހަރާކޮށްފި

ހިންނަވަރު ބެލެނިވެރިން ކުރި މުޒާހަރާގެ ތެރެއިން---
100%
0%
0%

ދެވަނަ ޓާމްގެ ކިޔެވުން މިއަދު ފެށި އިރު ޅ. ހިންނަވަރު ސްކޫލްގައި ޕްރިންސިޕަލަކު ނެތުމުން އެ ރަށުގެ ބެލެނިވެރިން ނުކުމެ ކަންބޮޑުވުން ފާޅުކޮށް އެކަމާ މުޒާހަރާއެއް ކޮށްފި އެވެ.

ހިންނަވަރު ކައުންސިލްގެ މެމްބަރު އަހުމަދު އަބްދުﷲ އަވަސް އަށް ވިދާޅުވީ ބެލެނިވެރިން މުޒާހަރާ ކޮށްފައި ވަނީ މިއަދު ހެނދުނު ކަމަށާއި ބެލެނިވެރިން ކަންބޮޑުވުން ފާޅު ކުރީ ދެވަނަ ޓާމްގެ ކިޔެވުން ފެށެން އެއް ދުވަހަށްވެފައި އޮއްވާ އެ ރަށު ސްކޫލްގެ ވަގުތީ ޕްރިންސިޕަލް އައިޝަތު ފަރުހަތު އެ އަތޮޅު ނައިފަރު ސްކޫލަށް ބަދަލު ކުރުމާއި ހިންނަވަރު ސްކޫލް ހިންގަން ޕްރިންސިޕަލަކު ނެތުމުން ކަމަށެވެ.

ހިންނަވަރު ސްކޫލުގެ ދާއިމީ ޕްރިންސިޕަލަކީ ފަޒްނާ ރަފީގެވެ. އެ ސްކޫލައް ވަގުތީ ޕްރިންސިޕަލަކު ހަމަޖެއްސީ ރާއްޖެއިން ބޭރަށް ފަޒްނާ ކިޔަވަން ވަޑައިގަތުމުންނެވެ.

ހިންނަވަރުގައި މިއަދު ހެނދުނު ބެލެނިވެރިން ކުރި މުޒާހަރާގެ ތެރެއިން--

އަހުމަދު ވިދާޅުވީ ފަރުހަތަކީ ބެލެނިވެރިނާއި އަދި ގިނަ ޓީޗަރުން ވަރަށް ކަމުދާ ޕްރިންސިޕަލެއް ކަމަށެވެ. އެހެން ކަމުން ބެލެނިވެރިން އެދެނީ ފަރުހަތު އަލުން އެ ސްކޫލަށް ހަމަޖައްސަން ކަމަށެވެ.

ހިންނަވަރު ސްކޫލްގައި 500 އެއްހާ ދަރިވަރުން ކިޔަވަމުންދެ އެވެ. މިހާރު ސްކޫލާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ އެ ސްކޫލްގެ ލީޑިން ޓީޗަރެކެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޚ

ކޮއްކޮއައް ރިޒާވްކޮއްފަ އޮތީ ހިންނަވަރު ސްކޫލް ޕްރިނސިޕަލްކަން. ކީއްކުރާނީ ކޮރޮޕް ސަން

ޢެދުރުބޭ

މަޑުކޮށްލާ އެޑިއުކޭޝަން މިނިސްޓަރ ކޮމަންޑޫ ދާއިރާގެ ކެމްޕެއިންގަ ވަރަށްބިޒީ ނިންމާލާފަ މާލެއައިސް ތިކަމާއުޅެދޭނެ 😄

އަރީސް

މިހާރަކަށް އައިސް ރައްރަށުގައި ކުރާ މުޒާހަރާތަކުގައި އިސްސަފުން ފެންނަނީ މުޅިންވެސް ކަނބަލުން ، ފިރިހެން ބޭކަލުން ފިލާފައި ގޭގައި

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345