މިނިސްޓްރީ އޮފް އެޑިއުކޭޝަން

ސްކޫލްތަކުގައި ބޭނުންކުރަން 193 ސްޓްރެޗާ ހޯދަނީ

ދިވެހި ސަރުކާރުން ގްލޯބަލް ޕާޓްނާޝިޕް ފޯ އެޑިޔުކޭޝަންގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ "މޯލްޑިވްސް ލާނިން އެޑްވާންސްމަންޓް އޯން އެންޑް މޯޝަމެންޓް ޕްރޮޖެކްޓް"ގެ ދަށުން ސްކޫލްތަކަށް 193 ސްޓްރެޗާ ހޯދަން އިއުލާނުކޮށްފި އެވެ.

އެޑިޔުކެޝަން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެގްރީމަންޓްގައި ސޮއިކުރާ ތާރީހުން ފެށިގެން ދެ މަސް ދުވަހުގެ ތެރޭގައި އެތަކެތި ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ.

މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އޮޅުންފިލުވުމަށް ބޭނުންވާނަމަ މި މަހުގެ 27 ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީއަށް އީމެއިލް ކޮށްގެން އެ މައުލޫމާތު ސާފުކުރުމަށް ވެސް އެދިފައިވެ އެވެ.

ސްޓްރެޗާތައް ފޯރުކޮށްދޭނެ ފަރާތެއް ހޮވުމުގައި އަމަލުކުރަން ނިންމާފައިވަނީ ވޯލްޑް ބޭންކުން އެކުލަވާލާފައިވާ އުސޫލާ އެއްގޮތަށެވެ.

ބީލަން އުސޫލުގައި ބަޔާކޮށްފައިވާ ލިޔެކިޔުންތައް ހިމެނޭ ގޮތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 30،000 ރުފިޔާ -- 1،945 ޑޮލަރު ހުށަހަޅަންޖެހެ އެވެ.

ބީލަން ހުށަހަޅަންޖެހެނީ އަންނަ މަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 1:00 އަށް އެޑިޔުކޭޝަން މިނިސްޓްރީ އަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ސްޓްރެޗާތައް ހޯދަނީ ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ވެސް ބޭނުން ކުރަން ކަމަށެވެ.