މިދިޔަ އަހަރުގެ އޮކްޓޫބަރު / ނޮވެމްބަރުގައި ބޭއްވި އޭލެވެލް އިމްތިހާނުތަކުގެ ނަތީޖާ މިއަދުން ފެށިގެން ދޫކުރާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނެފި އެވެ.
އޭލެވެލް އިމްތިހާނުގެ ނަތީޖާއާއި ގުޅޭގޮތުން ޑީޕީއީން ބުނީ އޮކްޓޫބަރު / ނޮވެމްބަރުގައި ބޭއްވި އެޑެކްސެލް އޭލެވެލް އިމްތިހާނުގެ ނަތީޖާ މިއަދުން ފެށިގެން ދޫކުރާނެ ކަމަށާއި ނަތީޖާ ދޫކުރަކީ ދަރިވަރު އިމްތިހާނު ހެދި ސެންޓަރުން ކަމަށެވެ.
ކޮވިޑާއި ގުޅިގެން އިމްތިހާންތައް ބޭއްވުމުގައި ގޮންޖެހުންތައް ކުރިމަތިވި އިރު މިއަހަރުގެ އޭލެވެކް އިމްތިހާނުގައި ރާއްޖެއިން 1300 އަށްވުރެ ގިނަ ދަރިވަރަކު ބައިވެރިވި އެވެ.