ދުނިޔެ

އިސްތަންބުލް އެއާޕޯޓެއްގައި އެއްޗެއް ގޮވައި އަންހެނަކު މަރުވެއްޖެ

ތުރުކީގެ ވެރިރަށް އިސްތަންބޫލްގެ ސަބީހާ ގޮކެން އެއާޕޯޓުގެ ރަންވޭގައި އެއްޗެއް ގޮވައި އެ އަންހެނަކު މަރުވެއްޖެ އެވެ.

ޕީގަސް އޭއާލައިންސް ގައި ސާފުކުރާ މީހެއްގެ ވަޒީފާ އަދާކުރާ މިއަންހެން މީހާ މަރުވެފައިވަނީ އޭނާގެ ބޮލަށް ލިބުނު ގެއްލުންތަކަކާއި ގުޅިގެން ކަމަށް ހަބަރުތައް ބުނެއެވެ. މިހާދިސާގައި އެވަގުތު އެމީހާ ކައިރީ ހުރި އެހެން މުވައްޒަފަކުވެސް ޒަހަމްވެފައިވެ އެވެ.

މިހާދިސާ ހިނގާފައިވަނީ 02:05 ހާއިރު އެވެ. ފުލުހުން މިހާރު ދަނީ އެއާޕޯޓުގައި ގޮވީ ބޮމެއްތޯ ބަލައި ތަހުގީގް ކުރަމުންނެވެ.

މިހާދިސާ ހިނގިއިރު ފްލައިޓްގައި އެއްވެސް މީހަކު ނެތް ކަމަށް ޕީގަސް އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ގޮކެން އެއާޕޯޓަކީ އަތާތުރްކް އެއާޕޯޓަށްފަހު އެގައުމުގެ ހުޅަނގުގައި އޮންނަ ދެވަަނަ އަށް އެންމެ ބޮޑު އެއާޕޯޓެވެ.