ދުނިޔެ

ޕޫޓިން މަޝްވަރާއަށް ތައްޔާރު

ރަޝިއާ މަޝްވަރާއަށް ތައްޔާރު ކަމަށް ޖަރުމަނުގެ ޗާންސެލަރު އޯލަފް ޝޯލްޒްއަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ދަންނަވައިފި އެވެ.

ޕޫޓިން ވިދާޅުވި ގޮތުން ޔުކްރޭނާ މަޝްވަރާ ކުރެވޭނީ ރަޝިއާގެ ސަލާމަތާއި ރައްކާތެރިކަން ޔުކްރޭނުން ކަށަވަރު ކޮށްދޭން އެއްބަސްވާ ނަމަ އެވެ.

މޮސްކޯއިން ކަނޑައަޅާ ޝަރުތުތަކަށް ކިއެވް ރުހެން ޖެހޭނެ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ. ހަތިޔާރު ބަހައްޓާއި ރަޝިއާ ގެއަށް ދާން އޮތް އެންމެ ފަސޭހަ ގޮތަކީ އެއީ ކަމަށް ވެސް ވިދާޅުވި އެވެ.

ޔުކްރޭން ސިފައިން ކްރައިމިއާއަށް ބިރު ނުދައްކާނެކަން ކަށަވަރުކޮށް ދިނުމާއި ރަޝިއާއަށް ސަޕޯޓްކުރާ އާބާދީތަކަށް -- ދޮންބާސްއަށް ހަމަލާ ދިނުން ހުއްޓާލާނެ ކަމަށް ވެސް އެއްބަސްވާން ޖެހޭ ކަމަށް ޕޫޓިން ވިދާޅުވި އެވެ.

ރަޝިއާ އާއި ޔުކްރޭނުން ސުލްހައިގެ ވާހަކަތައް ފެށިގެން ކުރިއަށް ދާއިރު ވެސް، ރަޝިއާއިން ޔުކްރޭނަށް ދެމުން ގެންދާ އަސްކަރީ ހަމަލާތަކަށް ބަދަލެއް ނާދެ އެވެ.

ޔުކްރޭންގެ ވެރިރަށް ކިއެވް ހިފަން ރަޝިއާ މިސްރާބުޖަހާފައި އޮތްއިރު މަޝްވަރާތަކުގެ ތިންވަނަ ބުރަށް ދެގައުމުން ތިބީ އިންތިޒާރުގަ އެވެ.

ދެދުވަހެއްގެ މަތިން ދެބުރަށް މަޝްވަރާތައް ބޭއްވިއިރު ވެސް ހަރުދަނާ ކަމަކަށް އެއްބަސްވެވި އަމަލީ ސިފަ ޖެހިފައި ނުވެ އެވެ.