ދުނިޔެ

ޔުކްރޭން ދޫކުރައްވައި ޒެލެންސްކީ ޕޮލޭންޑްގައި، ޔުކްރޭން ހިންގަނީ އެމެރިކާ އެމްބަސީން

ޔުކްރޭންގެ ރައީސް ވޮލޮދިމިރު ޒެލެންސްކީ ގައުމު ދޫކުރައްވައި ޕޮލޭންޑަށް ވަޑައިގެންފި ކަމަށް ޚަބަރުތައް ބުނަން ފަށައިފި އެވެ. ޔުކްރޭން މިހާރު ހިންގަނީ ޕޮލޭންޑްގައި ހުންނަ އެމެރިކާ އެމްބަސީގައި ޒެލެންސްކީ ހުންނަވައިގެން ކަމަށް ވެސް ބުނެވެ އެވެ.

ޒެލެންސްކީ ކުރިން ވިދާޅުވި ގޮތުން ހަނގުރާމަ ކުރިއެއްކަމަކު ގައުމު ދޫކުރައްވައި ވަޑައި ނުގަންނަވާނެ އެވެ. އޭނާ ވަނީ ވެރިރަށް ކިއެވްގައި ހުންނެވިކަން ސާބިތުކޮށްދެއްވައި ވީޑިއޯ މެސެޖެއް ދެއްވާފަ އެވެ.

ޒެލެންސްކީ މިހާރު ގައުމުގައި ވަޑައިގެން ނެތްކަން ޔުކްރޭންގެ ތެރެއިން ވެސް ނޫސްތަކަށް ވަނީ ޚަބަރު ދީފަ އެވެ. ޔުކްރޭންގެ އިދިކޮޅު ފަރާތްތަކުން ބުނި ގޮތުން ޒެލެންސްކީ ގައުމުގައި އުޅުއްވާ ކަމާ މެދު ޝައްކެވެ.

ޔުކްރޭނަށް ރަޝިއާގެ އަސްކަރިއްޔާއިން ހަމަލާދޭން ފެށުމާއެކު ޒެލެންސްކީއަށް ރައްކާތެރިކަން ފްރާސްގައި އޮތްކަން އެގައުމުން ވަނީ ބުނެފަ އެވެ. އަދި ފްރާންސުން ހިމާޔަތް ދޭނެ ކަމަށް ވެސް އޮތީ ބުނެފަ އެވެ.

އެމެރިކާ ކުރިން ބުނި ގޮތުން އެންމެ ރަނގަޅު ގޮތަކީ ޒެލެންސްކީ ގައުމުން ބޭރުވުމެވެ. އަދި އެފަދައިން އިޚްތިޔާރު ކުރައްވައިފި ނަމަ ހުންނަވާނެ ތަނެއް ދައްކާނެ ކަމަށް ވެސް އޮތީ ބުނެފަ އެވެ.