ދުނިޔެ

ޔުކްރޭން ހަނގުރާމަ ހުއްޓާލަން އެދި ޔޫރަޕްގެ ބައެއް ގައުމުތަކުން އާދޭސްކުރަނީ

ޔުކްރޭންގެ ރައީސް ލަޑިމިއާ ޒެލެންސްކީ: ހަނގުރާމަ ހުއްޓާލަން ޔޫރަޕުން ޒެލެންސްކީ ގާތު އާދޭސް ކުރަނީ
0%
0%
0%

ޔުކްރޭން ހަނގުރާމަ ހުއްޓާލަން އެދި ޕޮލޭންޑް އިސްވެ އިރުމަތީ ޔޫރަޕްގެ ބައެއް ގައުމުތަކުން ޔުކްރޭންގެ ރައީސް ލަޑިމިއާ ޒެލެންސްކީ ގާތު އާދޭސްކުރަމުން އަންނަ ކަމަށް އެމެރިކާގެ މަޝްހޫރު ތަހުގީގީ ނޫސްވެރިޔާ ސީމޯ ހާޝް ވިދާޅުވެއްޖެ އެވެ.

ސީމޯ ހާޝް ވިދާޅުވި ގޮތުގައި މިއީ ވަރަށް ސިއްރިއްޔާތުގައި ކުރެވޭ އާދޭހެކެވެ. ޔޫރަޕްގެ ގައުމުތަކުން އެދެނީ ހަނގުރާމަ ހުއްޓުވުމަށްޓަކައި ޒެލެންސްކީ އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތް ނަމަވެސް ޒެލެންސްކީ އެކަން ކުރެއްވުމަށެވެ. އެހެން ނަމަވެސް، ހާޝް ވިދާޅުވި ގޮތުގައި ޒެލެންސްކީ އެ ގޮތް އެއްގޮތަކަށް ވެސް ބޭނުފުޅެއް ނުވެ އެވެ.

ހާޝް ވިދާޅުވި ގޮތުގައި އޭނާއަށް މައުލޫމާތު ލިބިވަޑައިގެންފައިވަނީ މި މަޝްވަރާތައް ވަރަށް ސީރިއަސްވެގެން އުޅޭ ކަމަށެވެ.

ހަނގުރާމަ ކުރިއަށް ދާން ދޫކޮށްލައިފިނަމަ މުޅި ޔުކްރޭން ހަލާކުވާނެ ކަމަށް ޔޫރަޕްގެ ގައުމުތަކުން ޒެލެންސްކީއަށް ދަންނަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔުކްރޭން އަލުން އާބާދުކުރަން ބަލާއިރު އެއީ އެތައް މިލިއަން ޑޮލަރެއްގެ ފައިސާ ކަމަށާއި ޒެލެންސްކީ އިހްތިޔާރު ކުރައްވާ ގޮތަކަށް ޔުކްރޭން އާބާދުކުރަން ބޭނުންވާ ފައިސާ ނުލިބުމަކީ ވެސް އޮތް ބިރެއް ކަމަށް ޔޫރަޕްގެ ގައުމުންތަކުން ބުނާ ކަމަށްވެސް ހާޝް ވިދާޅުވި އެވެ.

ސީމޯ ހާޝް ވިދާޅުވި ގޮތުގައި އޭނާއަށް މައުލޫމާތު ލިބިވަޑއިގަތީ އެމެރިކާގެ އިންޓެލިޖެންސުންނެވެ.

ޒެލެންސްކީ ގާތު އާދޭސްކުރާ ގައުމުތަކަކީ ހާޝް ވިދާޅުވި ގޮތުގައި ހަންގޭރީ، ލިތުއޭނިއާ، އެސްޓޯނިއާ އަދި ލެޓިވިއާ އެވެ. ނަގާ ކިޔަނީ ޕޮލޭންޑެވެ.

ސެންޓްރަލް އިންޓެލިޖެންސް އެޖެންސީގެ އޮފިސަރަކު ވިދާޅުވި ކަމަށް ހާޝް ވިދާޅުވީ ޒެލެންސްކީ ފަހަތަށް ޖެހިވަޑައިގެން ސުލްހައަަށް ފުރުސަތު ދެއްވަން ބޭނުންފުޅު ނުވާ ކަމަށެވެ. އެހެންކަމުން ޒެލެންސްކީއާ މެދު ޔޫރަޕްގެ ގައުމުތަކުން ކުރިން ދެކެމުން އައިގޮތް މިހާރު ގެއްލެން ފަށާފައިވާ ކަމަށްވެސް ހާޝް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345