ދުނިޔެ

"ޕޮލޭންޑްގައި ނިއުކްލިއާ ހަތިޔާރު ބަހައްޓަން ހުއްދަދޭނެ"

ޕޮލޭންޑްގެ ނައިބު ބޮޑުވަޒީރު ޔަރޮސްވަފް ކަކްޒިންސްކީ: ޕޮލޭންޑްގައި ނިއުކްލިއާ ހަތިޔާރު ބެހެއްޓޭނެ
25%
0%
75%

އެމެރިކާ ބޭނުން ނަމަ ނިއުކްލިއާ ހަތިޔާރު ރައްކާކުރާ ގުދަންތައް ވާސޯގައި ބިނާ ކުރަން ހުއްދަ ދެއްވާނެ ކަމަށް ޕޮލޭންޑްގެ ނައިބު ބޮޑުވަޒީރު ޔަރޮސްވަފް ކަކްޒިންސްކީ ވިދާޅުވެއްޖެ އެވެ. ވޮޝިންޓަނާއެކު ވެވޭ އެއްބަސްވުމަކަށް ވާސޯ ކަމޭ ހިތާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން އެމެރިކާ އާއި ޔޫރަޕުގެ ބައިވެރިން ރަޝިއާ ދެކެ ރުޅިއަރައިގެންފައިވާ މިންވަރަށް ބަލާއިރު ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުމަކީ ވެސް ކޮށްފާނެ ކަމެއް ކަމަށް ބަލަން ޖެހެ އެވެ.

ރަޝިއާ އަކީ ނިއުކްލިއާ ހަތިޔާރު ނެތް ގައުމެއް ނަމަ ޔުކްރޭންގެ ހާލަތު މިހާރު އޮތް ހިސާބަށް ދިއުމުގެ ކުރިން އެމެރިކާގެ ހަަމަލާއެއް ރަޝިއާއަށް އޮންނާނީ އަރާފަ އެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އެމެރިކާއިން ޖަޕާނާ މެދު ކަންކުރި ގޮތަށެވެ.

ޕޮލޭންޑުން ހުއްދަ ދިން ނަމަވެސް މިނިވަން މުސްތަގިއްލު ގައުމެއްގައި އެމެރިކާއިން ނިއުކްލިއާ ހަތިޔާރު ރައްކާ ކުރުން ބޮޑު މައްސަލައަކަށް ވާނެ އެވެ. އެމެރިކާ އާއި ގައުމުތަކާއެކު ވެފައި ހުރި އެއްބަސްވުންތައް މިކަމަށް ހުއްދަ ދޭނެ ކަމަކަށް ނުބެލެވެ އެވެ.

ޔަރޮސްވަފް ކަކްޒިންސްކީ ވިދާޅުވި ގޮތުގައި ޔޫރަޕްގައި އެމެރިކާ ސިފައިންގެ އަދަދު އިތުރު ކުރުމަކީ ވެސް މައްސަލައެއް ނޫނެވެ. އެކަމަށް ޔޫރަޕްގެ އިއްތިހާދުން ރުހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާ އާއި ބައިވެރިން ރަޝިއާއަށް ދަތިކުރަން އަޅާފައި ހުރި ފިޔަވަޅުތަކަށް ތާއީދު ކުރުމުގެ އިތުރުން ޕޮލޭންޑަކީ ރަޝިއާއަށް އެހެން ގޮތްގޮތުން ވެސް ދަތިކުރަން އެދޭ ގައުމެކެެވެ. ރަޝިއާ ވަކި ދައުލަތެއް ގޮތުގައި އަދި ރަޝިއާގެ ވަކިވަކި ފަރުދުންނަށް ވެސް ދަތިކުރަން ޕޮލޭންޑުން ގޮވާލަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345