ވިޔަފާރި

ބާޒާރުގައި ލުނބޯ ކިލޯއެއް 80ރ. އިން މަތީގައި

Mar 15, 2022
1
ބާޒާރުގައި ބަޔަކު ވިޔަފާރި ކުރަނީ: ލުނބޯގެ އަގު ވަނީ އިންތިހާއަށް މަތިވެފައި -- އަވަސް ފޮޓޯ
0%
0%
0%

ބާޒާރުގައި ލުނބޯގެ އަގު އިންތިހާއަށް މަތިވެ، ލުނބޯ ކިލޯއެއްގެ އަގު 80ރ. އަށްވުރެ އުފުލިއްޖެ އެވެ.

ބާޒާރުގައި މިހާރު ލުނބޯ ކިލޯއެއް 80ރ. އަށްވުރެ މަތީގައި ހުރިއިރު ވިޔަފާރިވެރިން ބުނާ ގޮތުގައި އަގު މަތިވި މައިގަނޑު ސަބަބަކީ މި ބާވަތް ހުސްވުމެވެ.

"ލުނބޯ މި ގެންނަނީ އިންޑިއާ / ލަންކާއިން. މި ތަންތަނުން ޝިޕްމަންޓް އައުމުގައި ލަސްތަކެއް އުޅެނީ. އެކަމަ ބެލެވެނީ މިއަދު ލިބޭނެ ކަމަށް،" ވިޔަފާރިވެރިއަކު ބުންޏެވެ.

ލުނބޯއަކީ ރާއްޖޭގެ އާއްމު ދިރިއުޅުމުގައި ކެއިިން ބުއިމަށް ބޭނުން ކުރާ އެއްޗެކެވެ. އާއްމުކޮށް ލުނބޯ ކިލޯއެއްގެ އަގު އުޅެނީ 30ރ. ވަރަށެވެ. އެހެންވެ ކެފޭ/ ރެސްޓޯރެންޓް/ ހޮޓާތަކުން ކޮންމެ ދުވަހަކުވެސް އެތަށް ސަތޭކަ ކިލޯއެއްގެ ލުނބޯ ގަނެކެވެ. ނަމަވެސް މި ބާވަތަކީ ބާޒާރުން އާއްމުކޮށް ހުސްވެ އަގު އުފުލޭ އެއްޗެކެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910