މިދިޔަ ޖުލައި ރާއްޖޭގައި އިންފްލޭޝަން ރޭޓް 2.81 ޕަސެންޓަށް މަތިވެފައިވާ ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ބުނެފި އެވެ.
ރާއްޖޭގެ ގައުމީ ތަފާސް ހިސާބުތައް ބަލަހައްޓާ އެންބީއެސް އިން ބުނެފައިވާ ގޮތުގައި މި އަހަރުގެ ޖުލައި މަހުގެ ރާއްޖޭގައި މުދަލާއި ހިދުމަތުގެ އަގު، އިންފްލޭޝަން ރޭޓް ވަނީ 2.81 ޕަސެންޓަށް އުފުލިފަ އެވެ. ނަމަވެސް މި އަހަރުގެ ޖޫން މަހު އިންފްލޭޝަން ހުރީ 0.41 ޕަސެންޓް ދަށުގަ އެވެ.
މަހުގެ އަގު ތަކަށް އައި ބަދަލު ނުލާ ބަލައިފިނަމަ ޖުލައި މަހުގެ އިންފްލޭޝަން ރޭޓް ހުރީ 2.28 ޕަސެންޓް ދަށުގަ އެވެ. ނަމަވެސް މި އަދަދު މިދިޔަ ޖޫން މަހު ހުރީ 0.23 ޕަސެންޓް ދަށުގަ އެވެ. އަދި މިދިޔަ އަހަރުގެ ޖުލައި މަހުން މި އަހަރުގެ ޖުލައި އާއި ހަމައަށް ބަލާނަމަ އިންފްލޭޝަން ރޭޓް ވަނީ 1.10 ޕަސެންޓް ދަށްވެފަ އެވެ. އަދި މިދިޔަ އަހަރުގެ ޖޫން މަހާއި މި އަހަރުގެ ޖޫން މަހާ އަޅާ ބަލާއިރު އިންފްލޭޝަން ރޭޓް ވަނީ 4.50 ޕަަސެންޓް ދަށުގަ އެވެ.
ޖުލައި މަހު އަގު މަތިވި ދާއިރާތައް
- ކަރަންޓު: 66.67 ޕަސެންޓް
- ފެނުގެ ހިދުމަތް: 42.86 ޕަސެންޓް
- މުވާސަލާތީ ޙިދުމަތްތައް: 6.27 ޕަސެންޓް
- ދުންފަތުގެ ބައި: 3.34 ޕަސެންޓް
- ތަރުކާރީގެ ބައި: 1.48 ޕަސެންޓް
- ފަށާތައުލީމާއި އިބްތިދާއި ތައުލީމު: 6.08 ޕަސެންޓް
- ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓް: 0.18 ޕަސެންޓް
- ސާނަވީ ތައުލީމު: 5.51 ޕަސެންޓް
- އިންޓަނެޓް: 0.66 ޕަސެންޓް
- ބިހާއި ކިރު ފަދަ ތަކެތި: 0.19 ޕަސެންޓް
އަގުތައް ދަށްވި ބައިތައް
- މޭވާގެ ބައި: 4.05 ޕަސެންޓް
- މަސް: 0.93 ޕަސެންޓް
- ގޭގެކުލި: 0.22 ޕަސެންޓް
- އެއްގަމު މަސް: 1.07 ޕަސެންޓް
- މުވާސަލާތީ ޙިދުމަތްތައް: 12.07 ޕަސެންޓް
- ކާބޯތަކެތީގެ ބައި: 0.61 ޕަސެންޓް
އިންފްލޭޝަން މަތިވަމުންދާއިރު މުދާ އެތެރެ ކުރަން ބޭނުންވާ ވަރަށް ޑޮލަރު ނުލިބުމުގެ ސަބަބުން މުދަލުގެ އަގު އުފުލުމުގެ ބިރު އެބައޮތް ކަމަށް ބައެއް ވިޔަފާރިވެރިން ވަނީ ބުނެފަ އެވެ. ނަމަވެސް ސަރުކާރުން ބުނަނީ ރާއްޖޭގައި މުދަލާއި ހިދުމަތުގެ އަގު އުފުލެން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.