މިދިޔަ ޖެނުއަރީ މަހު ރާއްޖޭގެ އިފްލޭޝަން ރޭޓް 0.25 ޕަސެންޓް މަތިވެއްޖެ އެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން އާއްމު ކުރި މުދަލާއި ހިދުމަތުގެ އަގު ދައްކުވައިދޭ މިންގަނޑު، ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ދައްކާ ގޮތުން ޖެނުއަރީ މަހު 0.25 އިންފްލޭޝަން ރޭޓް ވަނީ ޕަސެންޓް މަތިވެފަ އެވެ.
އަގުތައް މަތިބި ބައިތައް
- ތަރުކާރީ: 3.44 ޕަސެންޓް
- މޭވާ: 3.54 ޕަސެންޓް
- މޮބައިލް ކޮމިއުނިކޭޝަން: 1.43 ޕަސެންޓް
- ދުންފަތުގެ ބައި: 2.86 ޕަސެންޓް
- އެހެނިހެން ކާނާގެ ބާވަތްތައް: 1.95 ޕަސެންޓް
- ކިރު އަދި ކުކުޅު ބިސް: 0.38 ޕަސެންޓް
- ޕާން އަދި ސީރިއަލް: 0.24 ޕަސެންޓް
- ކޮފީ އަދި ކޮފީގެ ބާވަތްތައް: 1.37 ޕަސެންޓް
ދަށަށް ދިޔަ ބައިތައް
- މަހުގެ ބާވަތްތައް: 2.87 ޕަސެންޓް
- ބޭހުގެ ބާވަތްތައް: 0.59 ޕަސެންޓް
- ސެކިއުރިޓީ އިކްއިޕްމަންޓް: 0.53 ޕަސެންޓް
އެންބީއެސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޑިސެމްބަރު މަހު ބައެއް އެއްކޮށް ބަލާއިރު މުޅި ރާއްޖޭގެ އިންފްލޭޝަން ރޭޓް ވަނީ 0.03 ޕަސެންޓުގެ އުފުލުމެއް އައިސްފަ އެވެ. ނަމަވެސް ނޮވެމްބަރު މަހުގެ އިންފްލޭޝަން ހުރީ 0.12 ޕަސެންޓުގަ އެވެ.
ރާއްޖޭގެ އިންފްލޭޝަން ރޭޓް ޖެނުއަރީ މަހު 0.25 ޕަސެންޓް މަތިވެފައިވާއިރު، ބޭރު ފައިސާ ލިބުމުގައި ހުރި ދަތިކަމުގެ ސަބަބުން ބްލެކް މާކެޓުން ޑޮލަރު ގަނެ މުދާ އިމްޕޯޓް ކުރާތީ ބާޒާރުގައި މުދަލުގެ އަގު ވަނީ ޖުލައި މަހުން ފެށިގެން މަތިވެފަ އެވެ.