އިންފްލޭޝަން

މެއި މަހު އަގުތައް 0.54 ޕަސެންޓް ދަށަށް

މިދިޔަ މެއި މަހު ރާއްޖޭގެ ބާޒާރުގައި މުދަލާއި ހިދުމަތުގެ އަގުތައް 0.54 ޕަސެންޓް ދަށްވެއްޖެ އެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ނެރެފައިވާ މެއި މަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ނުވަތަ އިންފްލޭޝަން ގައިވާ ގޮތުން މެއި މަހު ރާއްޖޭގެ އިންފްލޭޝަން ހުރީ 0.54 ޕަސެންޓުގަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މެއި މަހު އިންފްލޭޝަން ހުރީ 0.08 ޕަސެންޓުގަ އެވެ. އަދި މަހުގެ އަގުތަކަށް އައިބަދަލު ނުލާ ބަލައިފިނަމަ މެއި މަހުގެ އިންފްލޭޝަން ރޭޓް ހުރީ 0.58 ޕަސެންޓް ދަށު ގައެވެ. މި އަދަދު ފާއިތުވި އޭޕްރިލް މަހު ހުރީ 0.14 ޕަސެންޓު ގައެވެ.

މިދިޔަ އަހަރުގެ މެއި މަހުން މި އަހަރުގެ މެއި މަހާ ހަމައަށް ބަލާނަމަ އިންފްލޭޝަން ރޭޓް ވަނީ 2.74 ޕަސެންޓް މަތިވެފަ އެވެ. އަދި މިދިޔަ އަހަރުގެ އޭޕްރިލުން މި އަހަރުގެ އޭޕްރިލަށް ބަލާއިރު އިންފްލޭޝަން ރޭޓް ވަނީ 3.35 ޕަސެންޓް މަތިވެފަ އެވެ.

އަގު ދަށަށް ދިޔަ ބާވަތްތަކާއި ހިދުމަތްތައް

  • މޮބައިލް ފޯނުގެ މުވާސަލާތީ ހިދުމަތްތަކުގެ ބައި (12.15- )
  • މޭވާގެ ބައިން (1.86- )
  • ގޭބިސީގައި ބޭނުންކުރާ ހަރުމުދަލުގެ ބައިން (1.80 -)
  • ފިކްސްޑް މުވާސަލާތީ ހިދުމަތުގެ ބައިން (26.83 -)
  • ކުލީ ކޮޓަރީގެ ބައިން ( 4.49 - )
  • ތަރުކާރީގެ ބައިން ( 0.26 - )
  • އެއްގަމު މަހުގެ ބައިން ( 0.52 -)

އަގުތައް މަތިވި ބައިތައް

  • މަހުގެބައިން ( 0.55 + )
  • ތެލާއި ފެޓްސްގެ ބައިން ( 2.06 + )
  • އިންޓަނެޓުގެ އަގުތަކުން ( 1.16 +)
  • ބިހާއި ކިރުފަދަތަކެތީގެ ބައިން ( 0.21 +)

މި އަހަރުގެ އެޕްރީލް މަހާއި އަޅާ ބަލާއިރު މި އަހަރުގެ މެއި މަހު މާލޭގެ ޖުމްލަ އިންފްލޭޝަން 0.54 ޕަސެންޓް އިތުރުވެފައިވެ އެވެ. އަދި އެހެނިހެން ރަަށްރަށުގައި 0.64 ޕަސެންޓް ދަށްވެފައިވެ އެވެ.