އިންފްލޭޝަން

ނޮވެމްބަރު މަހު އަގުތައް ދަށަށް

ރާއްޖޭގައި މުދަލާއި ހިދުމަތުގެ އަގުތައް މިއަހަރުގެ އޮކްޓޫބަރު މަހާއި އަޅާބަލާއިރު ނޮވެމްބަރު މަހު ދަށަށް ހިނގައްޖެ އެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން އާންމުކޮށްފައިވާ ނޮވެމްބަރު މަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ދައްކާ ގޮތުން އޮކްޓޫބަރު މަހާއި އަޅާބަލާއިރު ނޮވެމްބަރު މަހު އަގުތައް ވަނީ 0.48 ޕަސަންޓް ދަށްވެފަ އެވެ.

ކަނޑުމަހުގެ އަގުތަކަށް އައި ބަދަލު ނުލާ ބަލައިފިނަމަ އިންފްލޭޝަން ވަނީ 0.50 ޕަސަންޓް ދަށްވެފަ އެވެ.

އަގު ދަށަށް ދިޔަ ބާވަތްތަކާއި ހިދުމަތްތައް

  • މޮބައިލް ފޯނުގެ މުވާސަލާތީ ހިދުމަތްތަކުގެ ބައި (9.42-)
  • މޭވާގެ ބައިން (5.60-)
  • ގޭބިސީގައި ބޭނުންކުރާ ހަރުމުދަލުގެ ބައިން (1.33-)
  • ކަރަންޓުގެ ބައިން (0.31-)

ބައެއް ބާވަތުގެ މުދަލުގެ އަގު ދަށަށް ދިޔަ ނަމަވެސް ތަރުކާރީ އާއި އެއްގަމު މަހާއި ބިސް ހިމެނޭ ގޮތަށް ބައެއް ބާވަތްތަކުގެ އަގުތައް ނޮވެމްބަރު މަހު ވަނީ އުފުލިފަ އެވެ.

އަގުތައް މަތިވި ބައިތައް

  • ތަރުކާރީގެ ބައިން (1.41+)
  • ބޫޓާއި ފައިވާނުގެ ބައިން (1.37+)
  • ހަކުރު، ޖޭމު، މާމުއި، ޗޮކްލެޓް (1.32+)
  • ގޭހުގެ ބައިން (1.10+)
  • އެއްގަމު މަހުގެ ބައިން (0.69+)
  • ބިހާއި ކިރުފަދަތަކެތީގެ ބައިން (0.31+)

މީގެ އިތުރުން އަންނައުނުގެ ބައިން އަގުތައް މިއަހަރުގެ ނޮވެމްބަރު މަހު ވަނީ 1.12 ޕަސަންޓް އުފުލިފަ އެވެ.