މިދިޔަ މަހު ރާއްޖޭގެ ބާޒާރުގައި އަގުތައް މައްޗަށް ގޮސްފައި ވަނީ 0.27 ޕަސެންޓަށް ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެެވެ.
ދުނިޔޭގެ މަޝްރަހުގައި ހުރި މައްސަލަތަކާއެކު ގިނަ ގައުމުތަކަށް އިންފްލޭޝަން މައްސަލަ ކުރިމަތިވެފައި ވަނިކޮށް، ސްޓެޓިސްޓިކްސް އިން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އޭޕްރީލް މަހު އިންފްލޭޝަން ހުރީ 0.27 ޕަސެންޓުގަ އެވެ. އަދި މިދިޔަ އަހަރުގެ އެޕްރީލް މަހުގެ އިންފްލޭޝަނަކީ 0.29 ޕަސެންޓެވެ. އަދި މަހުގެ އަގަށް އައި ބަދަލު ނުހިމަނައި ބަލާނަމަ މިދިޔަ އެޕްރީލް މަހުގެ އިންފްލޭޝަން ހުރީ 0.22 ޕަސެންޓެވެ. އަދި މިދިޔަ އަހަރުގެ އެޕްރީލް މަހުގެ އިންފްލޭޝަނަކީ 0.25 ޕަސެންޓެވެ.
އިންފްލޭޝަން މިދިޔަ އަހަރުގެ އެޕްރީލް އިން މި އަހަރުގެ އެޕްރީލް މަހާ ހަމައަށް ބަލާނަމަ މަތިވެފައިވަނީ 1.24 ޕަސެންޓަށެވެ. އަދި މާޗުން މާޗަށް ބަލާނަމަ އިންފްލޭޝަން ހުރީ 1.05 ޕަސެންޓުގަ އެވެ.
އަގު އުފުލުނު ބާވަތްތައް
- މޭވާގެ ބައި 6.96+
- މަހުގެ ބައި 1.68+
- އެއްގަމު މަހުގެ ބައި 4.23+
- އެއްގަމު ދަތުރުތަކުގެ ބައި 0.41 +
- ގެދޮރުގައި ބޭނުންކުރާ ހަރުމުދަލުގެ އަގު 0.90+
- ކިރާއި، ޗީޒް އަދި ބިސް 0.26+
- ފިކްސްޑް މުއަސަލާތީ ޙިދުމަތް 19.60+
- އެހެނިހެން ކާބޯތަކެތީގެ ބައި 0.87+
- ތެލާއި ފެޓްސްގެ ބައި 1.04+
- ގެދޮރުގައި ބޭނުންކުރާ އެހެނިހެން (މޯޓަރު} ފަދަ އާލާތް 5.80+
- ސެލޫންގެ ހިދުމަތްތައް 3.18+
މި އަގުތަކަށް ބަލާއިރު އެންމެ ބޮޑަށް އަގު މަތިވެފައިވަނީ ފިކްސްޑް މުއާސަލާތީ ހިދުމަތްކެވެ. މީގެ އިތުރުން މޭވޭ އަދި ތެލާއި ޕެޓްސްގެ ބައި އަދި ގެދޮރުގައި ބޭނުންކުރާ ބައެއް ސާމާނުގެ އަގު ތަކެވެ.
އަގު ދަށްވި ބާވަތްތައް
- ތަރުކާރީގެ ބައިން 1.67-
- ދުންފަތާއި ދުފުމުގެ ބައިން 0.71-
- ގޭގަ ކުލީގެ ބައިން 0.10-
- -މޮބައިލް ފޯނާއި މުވާސަލާތީ ހިދުމަތުގެބައިން 0.38-
- ވައިގެ ދަތުރުފަތުރު ގެ ބައިން 0.41-
- ކޮންޓެކްޓް ލެންސްއާއި ސޮލިއުޝަންގެ ބައިން 1.51-
- ދުފުމުގެ ބައިން 1.25-
- އިންޓަނެޓް ސާވިސް ގެ ބައިން 0.54-
ސަރުކާރުން ވަނީ މި އަހަރު ވަނަ އަހަރު އެވްރެޖްކޮށް އިންފްލޭޝަން ހުންނާނެކަމަށް ލަފާކުރެވެނީ 1.1 ޕަސެންޓުގައި ކަމަށް ބުނެފަ އެވެ. މި އަހަރުގެ ބަޖެޓުގައި ބުނި ގޮތުން މި އަހަރު އަގުތައް އެންމެ ބޮޑަށް މަތިވާނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވުމުގެ ސަބަބުންނެވެ. ނަމަވެސް ޔޫކްރޭން ހަނގުރާމައިގެ ސަބަބުން މި ލާފުކުރުން ދިމާނުވުމުގެ ފުރުސަތު އެބައޮތް ކަމަށް މާހިރުން ބުނެ އެވެ.