އިންފްލޭޝަން

އޯގަސްޓްގެ އިންފްލޭޝަން 0.08 ޕަސެންޓް މަތި

Oct 4, 2021
ބާޒާރުމަތީގައި މީހަކު މުދާ ތަކެއް އުފުލަނީ: އޯގަސްޓް މަހު އަގުތައް ވަނީ އުފުލިފައި -- ފޮޓޯ: އަވަސް
0%
0%
0%

މިދިޔަ އޯގަސްޓް މަހު ރާއްޖޭގައި މުދަލާއި ހިދުމަތުގެ އަގު 0.08 ޕަސެންޓް އުފުލިފައިވާ ކަމަށް ތަފާސް ހިސާބު ތަކުން ދައްކައިފި އެވެ.

ސްޓެޓިސްޓިކް ބިއުރޯއިން އާއްމުކުރި މިދިޔަ އޯގަސްޓް މަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ހިސާބުތައް ދައްކާ ގޮތުގައި އޯގަސްޓް މަހުގެ ރާއްޖޭގެ އިންފްލޭޝަން ރޭޓަކީ 0.08 ޕަސެންޓެވެ.

ޖުލައި މަހުގެ އިންފްލޭޝަން ރޭޓް ހުރީ 2.80 ޕަސެންޓުގަ އެވެ. މަހުގެ އަގުތަކަށް އައިބަދަލު ނުލާ ބަލައިފިނަމަ އޯގަސްޓް މަހުގެ އިންފްލޭޝަން ރޭޓް ހުރީ 0.12 ޕަސެންޓްގަ އެވެ. މި އަދަދު ފާއިތުވި ޖުލައި މަހު ހުރީ 2.99 ޕަސެންޓްގަ އެވެ.

އަގު އުފުލިފައިވާ ބައިތައް

  • ތަރުކާރީގެ ބައިން 5.31 ޕަސެންޓް
  • މެވާގެ ބައިން 5.47 ޕަސެންޓް
  • ގޭގެ ކުލީގެ ބައިން 0.23 ޕަސެންޓް
  • ދުފުމުގެ ބައިން 4.01 ޕަސެންޓް
  • ތެލާއި ފެޓްސްގެ ބައިން 2.48 ޕަސެންޓް
  • ބިހާއި ކިރުފަދަތަކެތީގެ ބައިން 0.25 ޕަސެންޓް

އަގުތައް ދަށަށް ދިޔަ ބައިތައް

  • މޯބައިލް ފޯނުގެ މުވާސަލާތީ ހިދުމަތްތަކުގެ ބައިން 4.01 ޕަސެންޓް
  • މަހުގެ ބައިން 0.93 ޕަސެންޓް
  • މައުލޫމާތާއި މުވާސަލާތީ ހިދުމަތުގެ ބައިން 1.60 ޕަސެންޓް
  • އެއްގަމު މަހުގެ ބައިން 1.65 ޕަސެންޓް
  • އެހެނިހެން ކާބޯތަކެތީގެ ބައިން 1.00 ޕަސެންޓް

ސްޓެޓިސްޓިކް ބިއުރޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެންމެ ފަހުން އިންފްލޭޝަން ހިސާބުތައް އާއްމުކުރި މެއި މަހު އަގުތައް ވަނީ މެއި މަހު އަގުތައް 0.54 ޕަސެންޓް ދަށަށް ގޮސްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910