ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިހާބުކުރާ ގޮތް ބަދަލު ކުރަން އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ޓްވިޓާގައި މިއަދު އާންމު ކުރެއްވި މަޒުމޫނެއް މެދުވެރިކުރައްވައެވެ. އެ މަޒުމޫނުގައި އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އައްޔަން ކުރުމުގައި މިހާރު ހަމަޖެހިފައިވާ އުސޫލުތައް ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގެ ސިޔާސީ ކަންކަން ހިނގަމުންދަނީ ގިނަ ޕާޓީތައް އެކުލެވޭ ސިޔާސީ ނިޒާމެއްގެ ތެރެއިން ކަމަށާ މަޖިލީހަށް އިންތިހާބުވާ ގިނަ މީހުންނަކީ ޕާޓީތަކުގެ ފިކުރުގައި އިންތިހާބުވެފައިވާ މެންބަރުން ކަމަށެވެ. ގިނަ ގައުމުތަކުގައި ޕާޓީތަކަށް ލިބޭ ގޮޑިތަކުގެ އަދަދުން އެ ޕާޓީއަކަށް އިތުރު ގޮޑި ލިބޭ އުސޫލެއް އޮންނަ ކަމަށެވެ. އަދި އެއީ ނެޝަނަލް ލިސްޓްގައި މަޖިލީސް އިން ޖާގަ ލިބޭ މެންބަރުން ކަމަށް ވިދާޅުވިއެވެ.
"މި ބާވަތުގެ ބަދަލު ގެނައުމަކީ ބޭނުންތެރި ކަމެކެވެ. މަޖިލީހުގެ މެންބަރުންނަށް އެ ބޭފުޅުންގެ ރަށްތައް ތަމްސީލު ކުރުން ފިޔަވާ އެހެން ކަމެއް ކުރުން ދައްޗެވެ. ގައުމީ ނަޒަރަކުން ކަންކަމާއި ވަކާލާތު ކުރާނެ ބަޔަކު ބޭތިއްބުމަށް ނެޝަނަލް ލިސްޓްގެ މެންބަރުންގެ ބޭނުންތެރިކަން ވަނީ އެތައް ގައުމެއްގެ ސިޔާސީ ހަޔާތް ކަށަވަރު ކޮށްދީފައެވެ،"
ނަޝީދު ވިދާޅުވީ ވަކި ސަރަހައްދެއްގެ ވޯޓް ލިބި އެ ސަރަހަދެއް ތަމްސީލު ކުރުމަށް މަޖިލީހަށް އިންތިހާބުވާ މެންބަރުންގެ އެންމެ އަސާސީ މަސައްކަތަކީ އެ މެންބަރުންގެ ސަރަހައްދުގެ ފަރާތުން ވަކާލާތު ކުރުން ކަމަށާ ސަރަހައްދީ ވަކާލާތުގައި މެންބަރުން ބަދެވުމުން މުޅި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރާނެ މެންބަރުން މަދުވާ ކަމަށެވެ.
މިއަދުގެ ދިވެހި ރާއްޖެއަށް އެންމެ ބޮޑަށް ބޭނުން ވެފައިވާ އެއް ކަމަކީ މުޅި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރާނެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނެތް ކަމެވެ. ވަކިވަކި ދާއިރާތަކަށް ވަކާލާތު ކުރައްވާ މެންބަރުން އެކަނި އެކުލެވޭ މަޖިލީހެއްގައި ކޮންމެ މެންބަރަކުވެސް ބާރު އަޅުއްވާނީ އެ މެންބަރެއްގެ ދާއިރާއަށް ރަނގަޅު ގޮތް ހޯދުމަށެވެ. މައްޗަށްގޮޅީ މެދަށް އެއާޕޯޓެއް ބޭނުންވާ ކަމަށް އެ ދާއިރާގެ މެންބަރު ވަކާލާތު ކުރާން ޖެހުމަކީ އެކަށީގެންވާ ކަމެކެވެމުހައްމަދު ނަޝީދު | ރައްޔިތުންގެ މަޖިލީހުގެ ރައީސް
އަދި ރައްޔިތުންގެ މަޖިލީހަށް ހުށައެޅޭ ގިނަ ބިލްތަކާއި ގަރާރު އަދި މައްސަލަތައްވެސް ހުށައެޅެނީ މުޅި ރާއްޖެއަށް ނިސްބަތްކޮށް ކަމަށްވީއިރު ވަކި ރަށަކަށް ނިސްބަތްކޮށް ހުށައަޅާ ގިނަ ކަންކަމަކީ އެ ރަށެއްގެ މައްސަލައެއްގެ ގޮތުގައި ހުށައެޅޭ ކަންކަން ނޫން ކަމަށެވެ. އެ ރަށެއްގައި އެކަން ހިނގިތީ އެ ރަށަކަށް ނުވަތަ ސަރަހައްދަކަށް ނިސްބަތްވަނީ ކަމަށެވެ. އަދި މެންބަރުން އިންތިހާބު ވެފައިވަނީ ސަރަހައްދުތަކުން ކަމުން މެންބަރުން ވަކާލާތު ކުރަނީ ރަށާއި އަތޮޅަށް ފަހިވާ ގޮތަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.
"ރަދުންގެ 8 މެންބަރުންވެސް އަދި ރައީސްގެ 8 މެންބަރުންވެސް ވަކާލާތު ކުރީ ރަދުންގެ ފަރާތްޕުޅުންނެވެ. ނުވަތަ ރައީސްގެ ފަރާތްޕުޅުންނެވެ. މަޖިލީހުގެ އެއްވެސް މެންބަރަކީ އިންތިހާބަކާއި ނުލާ އައްޔަންވާ މެންބަރުންގެ ގޮތުގައި އޮތުމަކީ ޑިމޮކްރަޓިކް މަޖިލީހެއްގެ އަސާސީ އުސޫލާއި މުޅީން ހިލާފު ކަމެކެވެ. ދުރޫސުލް އަހުލާގާވެސް ނުބައްދަލު ކަމެކެވެ. މުޅި ރާއްޖެ ތަމްސީލު ކުރުމަށް މަޖިލީހުގައި މެންބަރުން ތިއްބެވުން ބޭނުންތެރިއެވެ. އަދި އެ މެންބަރުން އިންތިހާބު ކުރާނެ ގޮތް ކަނޑައާޅަން ޖެހެއެވެ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެތައް ގައުމެއްގެ މަޖިލީސްތައް އެކުލެވިގެން ވަނީ ގައުމީ ލިސްޓެެއްގެ މެންބަރުން ހިމެނޭ ގޮތަށް ކަމަށެވެ. އެފަދަ މެންބަރުން އިންތިހާބު ކުރުމުގައި އެކި ގޮތްގޮތް ބޭނުން ކުރާ ކަމަށެވެ. ގިނަ ގައުމުތަކުގައި ގެންގުޅޭ އެއް ހަމައަކީ މެންބަރުން ހަމަވެގެން ރަޖިސްޓްރީވެފައިވާ ކޮންމެ ސިޔާސީ ޕާޓީއަކަށް ގޮޑިއެއް ދީ އަދި ސިޔާސީ ޕާޓީތަކުން ކާމިޔާބު ކުރާ ގޮޑީގެ އަދަދަށް ބަލާ އެ ޕާޓީއަކުން މެންބަރުން ކަނޑައެޅުމުގެ ފުރުސަތު ދިނުމުގެ އުސޫލު ކަމަށް ވިދާޅުވިއެވެ.
އަދި އެފަދަ މެންބަރުން ވަކާލާތު ކުރާނީ އެ ބޭފުޅުން އިންތިހާބުވެފައިވާ ސިޔާސީ ޕާޓީތަކުގެ އުސޫލުތަކާއި ފަލްސާތަކުގެ ދިފާއުގައި ކަމަށް ވިދާޅުވިއެވެ.
"ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލުވާން ފެށުމުން މުޅި ރާއްޖޭގެ ވަކާލާތަށް ފަހިކަން ލިބެއެވެ. މިއަދުގެ ދިވެހި ރާއްޖެއަށް އެންމެ ބޮޑަށް ބޭނުން ވެފައިވާ އެއް ކަމަކީ މުޅި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރާނެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނެތް ކަމެވެ. ވަކިވަކި ދާއިރާތަކަށް ވަކާލާތު ކުރައްވާ މެންބަރުން އެކަނި އެކުލެވޭ މަޖިލީހެއްގައި ކޮންމެ މެންބަރަކުވެސް ބާރު އަޅުއްވާނީ އެ މެންބަރެއްގެ ދާއިރާއަށް ރަނގަޅު ގޮތް ހޯދުމަށެވެ. މައްޗަށްގޮޅީ މެދަށް އެއާޕޯޓެއް ބޭނުންވާ ކަމަށް އެ ދާއިރާގެ މެންބަރު ވަކާލާތު ކުރާން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ،"
ނަޝީދު ވިދާޅުވީ މަޖިލީހުގައި އަންހެނުން ތިބުންވެސް އިންތިހާ ބޭނުންތެރި ކަމަށާ ގައުމީ ލިސްޓްގެ އަދަދެއް ނުވަތަ ވަކި އެހެން އަދަދަކީ އަންހެނުން ކަމުގައި ކަނޑައެޅުމަކީ ގާނޫނު އަސާސީއަށް ގެނެވޭ އިސްލާހުގައި ގެނެވިދާނެ ބަދަލެއް ކަމަށެވެ. އަދި މަޖިލީސް އެކުލެވިގެންވާ ގޮތް ބަދަލުވާން ޖެހޭ ކަމަށް މިއަދު ދެކުން މަޖުބޫރު ކަމަށް ވިދާޅުވިއެވެ.