މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

"ނެލްސަން މަންޑޭލާ ރޫލްސް" ޕްރޮގްރާމެއް ހިންގައިފި

Mar 16, 2022
1

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ޔޫއެންއޯޑީސީއާ ގުޅިގެން "ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯ ދި ޓްރީންޓްމަންޓް އޮފް ޕްރިޒަނަސް" (ދި ނެލްސަން މަންޑޭލާ ރޫލްސް) އާ ގުޅޭ ގޮތުން ޕްރިޒަން އޮފިސަރުންނަށް ހިންގި ޓްރޭނިން ޕްރޮގްރާމްގެ ރިފްރެޝާ ޕްރޮގްރާމެއް މިއަދު ބާއްވައިފި އެވެ.

މި ބެޗްގައި މާފުށީ ޖަލުގެ 20 ޕްރިޒަން އޮފިސަރުން ބައިވެރިވެފައިވެއެވެ. މިއީ މިގޮތުން ހިންގުނު ދެވަނަ ޕްރޮގްރާމެވެ.

ކަރެކްޝަނުން ބުނީ މި ޕްރަގްރާމްގެ މަގްސަދަކީ "ދި ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯ ޓްރީޓްމަންޓް އޮފް ޕްރިޒަނާސް" ނުވަތަ ޖަލުތަކުގައި ބޭނުންކުރާ އެންމެ ދަށް މިންގަނޑު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި މަސައްކަތްކުރާ ހުރިހާ ޖަލު އޮފިސަރުން އަހުލުވެރިކުރުވައި ޖަލު އޮފިސަރުންގެ މަސައްކަތްތައް ތަރައްގީކޮށް ސްޓްރީމްލައިން ކުރުވުން ކަމަށެވެ.

މިގޮތުން ހުރިހާ ޕްރިޒަން އޮފިސަރުންނަކީ "ދި ނެލްސަން މަންޑޭލާ ރޫލްސް" އަށް އަހުލުވެރި ކުރެވިފައިވާ އޮފިސަރުންނަށް ހެދުމުގެ ގޮތުން 2020 ވަނަ އަހަރު ޔޫއެންއޯޑީސީގެ އެހީތެރިކަމާއެކު ހިންގި "ޓްރޭނިން އޮފް ޓްރޭނާސް" ޕްރޮގްރާމްއިން ތަމްރީންކުރެވިފައިވާ 14 އޮފިސަރުން ޓްރޭނަރސްގެ ގޮތުގައި ޓްރޭންކުރެވިފައެވެ. އަދި މާފުށީ ޖަލުގެ އޮފިސަރުންނަށް ރިފްރެޝާ ޓްރޭނިން ކުރިއަށް ގެންގޮސްފައިވަނީ ޓީއޯޓީ ފުރިހަމަކޮށްފައި ތިބި އޮފިސަރުންގެ ތެރެއިން ޕްރިޒަން ސާރްޖެންޓް ފާތިމަތު ޒޫނާ އާއި ޕްރިޒަން ސާޖެންޓް އާދަމް ޒާހިދު އެވެ.

މި ރިފްރެޝާ ޕްރޮގްރާމްގެ ތިން ވަނަ ޕްރަގްރާމް މިއަހަރުގެ އޭޕްރީލް މަހުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.