މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

މާލީ އެހީ: 181 ގެސްޓްހައުސް އާއި 38 ސަފާރީއަށް

Mar 24, 2022

އީޔޫގެ އެހީތެރިކަމާއެކު ރާއްޖޭގެ 181 ގެސްޓްހައުސް އާއި 38 ސަފާރީ އަށް މާލީ އެހީތެެރިކަން ފޯރުކޮށްދީފި އެވެ.

"އީޔޫ ސަޕޯޓް ފޯ އަ ރެޒީލިއަންޓް ރިކަވަރީ އޮފް އެސްއެމްއީ ޓޫރިޒަމް އިންޑަސްޓްރީ އިން ދަ މޯލްޑިވްސް" ގެ ނަމުގައި ހިންގި މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ އީޔޫގެ ފަރާތުން ހަދިޔާ ކޮށްފައިވާ ދެ މިލިއަން ޔޫރޯ (ގާތްގަނޑަކަށް 36 މިލިއަން ދިވެހި ރުފިޔާ) ގެ އެހީތެރިކަމަކާއެކުގަ އެވެ.

މި ޕްރޮޖެކްޓުގެ ދަށުން ވިޔަފާރިތަކަށް ހިލޭ އެހީގެ ގޮތުގައި 1.4 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 25 މިލިއަން ދިވެހި ރުފިޔާ) ދޫކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި މިހާތަނަށް މި އެހީ 219 ފަރާތަކަށް ފޯރުކޮށްދީފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 181 ގެސްޓްހައުސްގެ އިތުރުން 38 ސަފާރީ އެވެ.

މި މަޝްރޫއުގެ ދަށުން އެހީއަށް ދިން ފައިސާ ބެހުމުގެ މަސައްކަތް ކުރަނީ އިކޮނޮމިކް ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަންގެ ފަރާތުންނެވެ.