ވިޔަފާރި

ވޯލްޑް ރެކޯޑަކާއެކު އައްޑޫގައި އެޑެކްސް ބެކް ޓު ބްލޫ ޑައިވް އިވެންޓެއް

Apr 8, 2021
އައްޑޫގައި ބާއްވާ އެޑެކްސް ބެކް ޓު ބްލޫ އިވެންޓުގައި ބައިވެރިވާ މިސްރުގެ އަހުމަދު ގަބް ވޯލްޑް ރެކޯޑާއެކު --
0%
0%
0%

ވޯލްޑް ރެކޯޑަކާއެކު އައްޑޫގައި ސިޓީގައި "އެޑެކްސް ބެކް ޓު ބްލޫ" އިންވެސްޓް ބާއްވަން ނިންމައިފި އެވެ.

އޭޝިއާގެ އެންމެ ޒަމާންވީ ޑައިވް ފެއާ ކަމަށްވާ "އެޑެކްސް އޭޝިއާ" ބާއްވާ ކުންފުންޏާއި ރާއްޖޭގެ ހައިރައިޒް ގުޅިގެން ބާއްވާ މި އިވެންޓުގެ މައުލޫމާތު ދޭން ޒޫމް މެދުވެރިކޮށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނސްޓަރު ފައްޔާޒު އިސްމާއިލް އާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ބައިވެރިވަޑައިގަތެވެ.

ސިންގަޕޫގައި ޑައިވް ފެއާ ބާއްވާތާ 20 އަހަރު ވެފައިވާ އެޑްކްސްގެ ރާއްޖޭގެ އިވެންޓްއާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ މިފަދަ އިންވެންޓެއް ބާއްވާ އައްޑޫ އާއި ފުވައްމުލަކީ އެންމެ މުހިންމު ހިސާބު ކަމަށެވެ. އަދި ފުވައްމުލަކާއި އައްޑޫއަކީ ޑައިވިން އަށް ހާއްސަ ސްޕޮޓްތައް ހުރި ސަރަހައްދަކަށްވުމުން މިއީ ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.

އިވެންޓު ލޯންޗް ކުރަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒު އަދި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

"އައްޑޫއަކީ މާބޮޑަށް ހާމަނުވެ އޮތް ތަނެއް. އެހެންވެ މިއީ ރަނގަޅު ފުރުސަތަކަށް ވާނެ. ޗުއްޓީ އަށް އަންނަ މީހުންނަށް ރަނގަޅު ތަނެއް އައްޑޫއަކީ،" ފައްޔާޒު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވީ މި އަހަރަކީ ރާއްޖެ އަށް މުހިންމު އަހަރެއް ކަމަށެވެ. އަދި ރާއްޖެއަކީ ޑައިވް މަންޒިލަކަށްވާއިރު މި އިވެންޓުގެ މުހިންމުކަން ބޮޑު ކަމަށެވެ.

މި އިވެންޓުގައި ފުޅިއަޅައިގެން އެންމެ ފުނަށް ފީނުމުގެ ދުނިޔޭގެ ރެކޯޑް ހަދާފައިވާ މިސްރުގެ އަހުމަދު ގަބް ވެސް ބައިވެރިވާނެ އެވެ. މި އިވެންޓު ލޯންޗް ކުރަން ބޭއްވި ރަސްމިއްޔާތުގައި އޭނާ ބައިވެރިވެފައިވެ އެވެ. ގަބް ވަނީ ރަތް ކަނޑުގެ 332.35 މީޓަރު އަޑި އަށް ފީނައިގެން ދުނިޔޭގެ ރެކޯޑް ހަދާފަ އެވެ. އޭނާ ވަނީ ރާއްޖޭގައި ގިނަ ބަޔަކު ބައިވެރި ވެގެން ފީނުމުގެ ދުނިޔޭގެ ރެކޯޑް ހެދުމުގައި އެހީތެރިވެދެއްވާނެ ކަމަަށާ މި އިވެންޓަށް އަންނަން އެތަށް ޑައިވަރުން ބޭނުންވާ ކަމަށް ބުނެފަ އެވެ.

"އެޑެކްސް ބެކް ޓު ބްލޫ" އިވެންޓުގައި ފުޅި އަޅައިގެން އެންމެ ގިނަ މީހުން ފީނުމުގެ ދުނިޔޭގެ ރެކޯޑް މުގުރާލަން މަސައްކަތް ކުރާނެ އެވެ. މި އިވެންޓުގައި ބައިވެރިވުމަށް ދުނިޔޭގެ އެކި ހިސާބު ތަކުން 600 އަށް ވުރެ ޑައިވަރުން ބައިވެރިވާއިރު. އިވެންޓު ބާއްވަން ތައްޔާރު ވަމުން ދަނީ މި އަހަރުގެ ޑިސެމްބަރު މަހު އެވެ. ފަސް ދުވަހަށް ދެމިގެންދާ މި އިވެންޓުގައި ވިޔަފާރިތައް ބައްދަލުވުމުގެ ފުރުސަތާއި ތިމާވެއްޓަށް ހޭލުންތެރި ކުރުވުމުގެ ހަރަކާތްތައް ވެސް އޮންނާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910